4 މަސް ތެރޭ އާސަންދައިން އައިނު ހައްދަން 47 މިލިއަން ރުފިޔާ ޚަރަދުކޮށްފި

އައިޖީއެމްއެޗްގައި ހުޅުވި "އެމްސީޖީއެޗް އޮޕްޓިކަލްސް" އައިނު ފިހާރަ ދޮށުގައި ނަންބަރު ނަގަން ހުޅުވާލި ފުރަތަމަ ދުވަހު ކިޔޫގައި: އާސަންދައިން އައިނު ހެއްދުމަށް 47 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ --- ސަން ފޮޓޯ

އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދެ އަހަރުން އެއް އަހަރު ދޭ އެހީ 2000 ރުފިޔާއަށް އިތުރުކުރި ފަހުން، އެންމެ ހަަތަރު މަސް ތެރޭ، އައިނު ހެއްދުމަށް މުޅި ޖުމްލަ 47 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޖޫން މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް، ޕްރައިވެޓު ތަންތަނުން 17،117 މީހަކަށް އައިނު ހައްދަން 33 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

ސަރުކާރު ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން 7382 މީހުން ވަނީ އައިނު ހައްދާފައެވެ. މި ކަމަށް 15 މިލިއަން ރުފިޔާ ޚަރަދުކުރިއެެވެ.

ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފެށީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން މީގެ ކުރިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.

https://sun.mv/209271

މި 1،000 ރުފިޔާ އާސަންދައިން ދިން ނަމަވެސް ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފައެވެ.

comment ކޮމެންޓް