އެމްޑީޕީ ޕީޖީ ލީޑަރަކަށް ނާޒިލް، ޑެޕިއުޓީއަކަށް ޒިޔާދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނާޒިލް -- ފޮޓޯ/ މަޖިލިސް

އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

އެ ޕާޓީގެ ޕީޖީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވަނީ މިއަދެވެ.

އެއާއެކު އެމްޑީޕީން ވަނީ މުއްދަތު ހަމަވީއިރު މަގާމުތަކަށް ކުރިމަތިލި މެމްބަރުންނާއި ހޮވުނު މެމްބަރުން އިއުލާނުކޮށްފައެވެ. އެއީ:

  • ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  • ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
  • ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ
  • ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
  • ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  • ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  • ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު

މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބުވީ ވަަރަށް މަދު ގޮނޑިތަކެކެވެ.

comment ކޮމެންޓް