މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ؛ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދު ރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މިއީ މުޅި ރާއްޖެއަށް ވެސް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށްވާއިރު ދޭތެރެއަކުން ކެރީގެ އަސަރު ފޯރައެވެ. އެގޮތުން ރޭ ދަންވަރު ވަނީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ.

މެޓުން މިއަދު ބުނީ އުތުރުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރި ނަމަވެސް ހުރިހާ ހިސާބުތަކަކަށް ވެސް ކަނޑުތައް މަޑު ވާނެ ކަމަށް މެޓުން ބުނެއެވެ.

މެޓުން ބުނީ ހުރިހާ ހިސާބަކަށްވެސް ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރަައިގައި ރޭ ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވުމުގެ ސަބަބުން 40 އަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ވެފައެވެ.

comment ކޮމެންޓް