ގޮންޖެހުންތައް ގިނަ ނަމަވެސް، މޯލްޑިވިއަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އެބަކުރަން: އަމީން

މަދަނީ އުދުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން -- ސަން ފޮޓޯ/ މޫސާ ނަދީމް

ގޮންޖެހުންތައް ގިނަ ނަމަވެސް، މޯލްޑިވިއަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަނުން މާލެއާ ސްރީލަންކާގެ ކޮލޮންބޯއާ ދެމެދު އަލުން ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި ރޫޓަކީ ސްރީލަންކާގެ ރައްޔިތުންނަށާއި ޓޫރިސްޓުންނަށް ވަރަށް މުހިންމު ރޫޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭސްފަރުވާއަށް ދާ ދިވެހިންނަށް ނަވަލޯކާ ހޮސްޕިޓަލުން ޙާއްސަ ޑިސްކައުންޓެއް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި:

  • މެޑިކަލް ކޮންސަލްޓޭޝަން އެންޑް މެޑިކަލް ހީސްޓްރީ އިވެލުއޭޝަން (މެޑިކަލް ޑޮކްޓަރަކާއެކު)
  • ބޮޑީ މާސް އިންޑެކްސް ޓެސްޓާއި ވިޝަން ޓެސްޓް
    ދަތުގެ ޗެކްއަޕް ހެދުން
  • ކްލިނިކަލް ޑައިޓީޝަން އާއި މަޝްވަރާކުރުން
  • ލެބޯޓްރީ ޓެސްޓްތަކުން %15 ޑިސްކައުންޓް (އޯޕީޑީ ބެސިސް)
  • އެކްސްރޭއިން %5 ޑިސްކައުންޓް
  • ޚާއްޞަ ޑިސްކައުންޓް ލިބޭ ހެލްތު ސްކްރީނިން ޕެކޭޖްތައް

މާލެއާ ސްރީލަންކާގެ ކޮލޮންބޯއާ ދެމެދު އަލުން ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

އޭގެއިތުރުން، މޯލްޑިވިއަން ކުރިއެރުމަށް ގިނަ ދަތިތަކެއް ހުރި ކަން ފާހަގަކޮށް އަމީން ވަނީ ސަރުކާރުން ގައުމީ އެއާލައިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ.

"މި ކަމުގައި އެމްއޭސީއެލްގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ," މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފެށޭ ރޭޓަކީ 165 ޑޮލަރު ކަމަށާއި ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު މި ދޭތެރެގައި ކުރާ ދަތުރުތައް އޮންނާނެ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިނުގައި އެހެން އެއާލައިނުތަކާއި ޚިލާފަށް ތަފާތު ޔުނީކް ސެލިން ޕޮއިންޓުތަކެއް ހިމެނޭ ކަމަށެވެ.

https://sun.mv/191150

އެގޮތުން އެ އެއާލައިނުން ހިލޭ ކެއުންތަކަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން 30 ކިލޯގެ ބެގޭޖަކާއެކު 165 ރުފިޔާއަށް ކޮލަމްބޯ އަށް ދެވޭއިރު އެއްވެސް ގޮތަކަށް އާންމުކޮށް އެއާޕޯޓުތަކުން ނަގާ 'ސަޕްރައިޒް ފީތައް' ނުނަގާނެ ކަމަށް ވެސް އެ އެއާލައިނުން މައުލޫމާތު ދެއެވެ.

އަދި، މި ފްލައިޓުތަކުގައި ހަރަކާތްތެރިވާނީ، ދިވެހި އަދި އިނގިރޭސި ބަސް ދަންނަ ސްޓާފުން ކަމަށާއި މި ދަތުރުތަކުގައި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ.

comment ކޮމެންޓް