ހަނިމާދުއާއި ޓްރިވެންޑްރަމް އާ ދެމެދު އަލުން ދަތުރުތައް ފަށައިފި

ހަނިމާދޫ އާއި ޓްރިވެންޑްރަމްގެ ދަތުރުތައް އަލުން ފަށަން ބޭއްވި ހަފުލާގެ ތެރެއިން-- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންއިން، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު ކުރަމުން އައި ދަތުރުތައް އަލުން ފަށައިފިއެވެ.

ހަނިމާދުއާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް އޮންނާނީ ހުކުރާއި ހޯމަ ދުވަހުގައެވެ. މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާ ބޯޓަކުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަންއިން ހަނިމާދުއިން ޓްރިވެންޑްރަމްއަށް ދަތުރުކުރާ އެންމެ ކުޑަ ފެއާ އަކީ 5،191 ރުފިޔާއެވެ.

މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރުމަށް ވެބްސައިޓާއި އެޕް މެދުވެރިކޮށް އަދި ޓިކެޓް އޮފީސް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ދަތުރުތައް ފެށުމުގެ ބޭނުމަކީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ރާއްޖޭގެ އުތުރުން ސީދާ ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

comment ކޮމެންޓް