ދެއްވަދޫއިން އާއިލީ ގުޅުން އޮންނަ ހަތަރު ބޭފުޅަކު މަޖިލީހަށް

މަޖިލީހަށް ހޮވުނު ދެއްވަދޫ އެއް އާއިލާއެއްގެ ހަތަރު ބޭފުޅުން --

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ޕާޓީތަކުން ގޮނޑި ކާމިޔާބުކުރިއިރު އެއް ރަށަކުން ހަތަރު ބޭފުޅަކު މަޖިލިސް މެމްބަރުކަން ކާމިޔާބުކުރައްވައިފިއެވެ.

އެއް ރަށަކުން ހަތަރު ބޭފުޅުން ކާމިޔާބުކުރެއްވީ ގއ. ދެއްވަދޫއިންނެވެ.

އެގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހުޅުމާލޭގެ ތިން ދާއިރާއަކަށް ކުރިމަތިލެއްވި ބޭފުޅަކާއި، ގެމަނަފުށީ ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅެކެވެ.

އެގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އެ ގޮނޑި ކާމިޔާބުކުރެެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. އަހްމަދު ޝަމްހީދެވެ.

ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަޒީމެވެ.

ދެން ގޮނޑި ކާމިޔާބުކުރެއްވީ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓު ހުސައިން ޝަރީފް (ހުސެންބެ) އެވެ.

ދެން ކާމިޔާބުކުރެއްވީ ގެމަނަފުށީ ދާއިރާގެ ގޮނޑި ހޯއްދެވި އަސަދުﷲ ޝިހާބެވެ.

މި ހުރިހާ ބޭފުޅުންނަކީ ވެސް ދެއްވަދޫ އަށް ނިސްބަތްވާ، އެ ރަށު ވާރު އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅުންނެވެ.

މި ފަހަރުގެ ރައްޔިތުންގެ މަޖިލީހަށް ވެސް ދެމަފިރިކަނބަލުންނާއި، ދެބަފައިން ވެސް ވަނީ އިންތިޚާބުވެފައެވެ.

comment ކޮމެންޓް