މިއަދު އިހުސާސްކުރެވޭ ހޫނުމިން 48 ޑިގްރީއަށް؛ އާ ރެކޯޑެއް

ގްރޭޓާ މާލޭ ބަސް ޓާމިނަލް ސަރަހައްދުގައި ބަޔަކު ޖަމާވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިހުސާސްކުރެވޭ ފިނިހޫނުމިން މާލެ ސަރަހައްދުގައި 48 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް މިއަދު އަރައިފިއެވެ.

މެޓް އޮފީހުން ބުނީ، މި ދުވަސްވަރަކީ ރާއްޖޭގައި ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދުގެ 14:00ގައި އިހުސާސްކުރެވޭ ފިނިހޫމުނުމިން ހުރި މިންވަރު:

  • މާލެ ސަރަހައްދު - 48.4
  • ލ. ކައްދޫ - 43.5
  • ގދ. ކާޑެއްދޫ - 42.6
  • ސ. ގަން - 41.2

މިއީ އިހުސާސް ކުރެވޭ ހޫނުމިން އެއްމެ މައްޗަށް ދިޔަ ދުވަހެވެ. ގަދަ ހޫނުން ސަލާމަތް ވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން މުހިންމުކަން މެޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މެންދުރު ވަގުތު ބޭރަށް ނުކުންނަ އިރު ކުޑަ ބޭނުން ކުރުމަށާއި އަވިން ރައްކާތެރިކޮށްދޭ ލޯޝަން ބޭނުން ކޮށް އަވި އައިނު އެޅުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި "ޑީހައިޑްރޭޓް" ވިޔަ ނުދިނުމަށް ގިނައިން ފެން ބުއިމުގެ މުހިންމުކަން މެޓުން ވަނީ ފާހަގަ ކޮށްފައެވެ.

ހޫނުމިން އެންމެ މައްޗަށް ދާ ވަގުތަކީ މެންދުރު ކުރި 11:00 އިން 15:00 އަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ވެސް ވަނީ އިހުސާސް ކުރެވޭ ހޫނުމިން ވަރަށް މަތިވެފައެވެ. އެދުވަހު އިހުސާސް ކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސް ގައެވެ.

comment ކޮމެންޓް