ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

އަންހެނުން މިސްކިތެއްގައި: ރޭ ދަމުނަމާދަށް އިން އަންހެނެއްގެ ފޯނު ވަނީ ވަގަށް ނަގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަލާހުއްދީން މިސްކިތުގައި ރޭ ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓު ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ފައިސާތަކެއް ނެގި މައްސަލަ 03:10 ހާއިރު ރިޕޯޓު ކޮށްފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ދިވެހި ދެ ފިރިހެނުން މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ރޯދަމަހު މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ތަގުވާ މިސްކިތްތަކުން ހަތް ފަންކާ ވަގަށް ނަގާފައިވާ އިރު ދަރުމަވަންތަ މިސްކިތުން ދެ ފަންކާ އާއި ފެން މޯޓަރު ވެސް ވަގަށް ނަގާފައިވެއެވެ.

comment ކޮމެންޓް