ބަންދު ދުވަސްތަކުގައި ވެސް އެމަޖެންސީ ހާލަތްތަކުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭނެ: ޑީއެންއާރު

އައިޑީ ކާޑުގެ ޙިދުމަތް--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މި ރޯދަމަހުގެ ފަހުދިހައިގައި ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައިވެސް އެމަޖެންސީ ޙާލަތްތަކުގައި އައިޑީ ކާޑާ ގުޅުން ހުރި ޚިދުމަތްތައް ދޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން (ޑީއެންއާރް)އިން މިއަދު ބުނެފިއެވެ.

މިއަދު ޑީއެންއާރު އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ ބަންދު ދުވަސްތަކުގައި، ކުއްލި ޙާލަތެއް މެދުވެރިވެގެން ޚިދުމަތެއް ބޭނުންވެއްޖެ ނަމަ 7280368 އާ ގުޅުމަށް އެދިފައެވެ.

މީގެ ކުރިން ޑީއެންއާރުން ނެރުނު އިއުލާނެއްގައިވާ ގޮތުން ރޯދަ މަހު ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ވެސް އައިޑީ ކާޑު ދޫކުރަން ހަމަޖެހިފައިވަނީ 09:30 އިން 11:30 އަށެވެ.

ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރި ނަމަވެސް ޑީއެންއާރުން ތިން ދުވަހެއްގައި ޚިދުމަތް ދޭނެ ކަމަށް ކުރިން ކުރި އިއުލާނުގައިވެއެވެ. އެއީ އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހުގެ އިތުރުން ޖެހިގެން އަންނަ ހަފުތާގެ ހޯމައިގައެވެ.

comment ކޮމެންޓް