ފަހު 10ގައި ބީއެމްއެލްއިން ޚިދުމަތްދޭ ގަޑިތަކަށް އަނެއްކާ ވެސް ބަދަލެއް

ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް -- ފޮޓޯ: ބީއެމްއެލް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އަންގައިފައިވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ޚިދުމަތް ދިނުމަށް ބޭންކުގެ ބުރާންޗުތަކާއި ސާވީސް ސެންޓަރުތައް ހުޅުވާ ގަޑިތަކަށް އަނެއްކާ ވެސް ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން މި މަހުގެ 31 ވަނަ ދުވަހާއި، އެކެއް އޭޕްރީލް، ހަތެއް އޭޕްރީލް އަދި އަށެއް އޭޕްރީލް ވަނަ ދުވަހު ބޭންކުތައް ހުޅުވާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

އޭޕްރީލް ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަސް އަދި ނުވަ ވަނަ ދުވަހު ބޭންކުގެ ބުރާންޗުތަކާއި ސާވީސް ސެންޓަރުތައް ހުޅުވާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލް އިން މައުލޫމާތުދިނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

އަދި، މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ޚިދުމަތްތައް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ކޮންމެ ގަޑިއެއްގައި ވެސް އިންޓަނެޓު ބޭންކިންއާއި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި ބޭންކުން ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލު ބޭންކުގެ ވެބްސައިޓުން ލިބޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދިނެވެ.

comment ކޮމެންޓް