އެންބީއޭ ބާސްކެޓު ބޯޅަ: ޓިމްބާވުލްވްސްއިން ކެވެލިއާސް ބަލިކޮށްފި

މިމެޗުގައި ވުލްވްސް އިން ކެވެލިއާސް ބަލިކުރީ 13 ޕޮއިންޓްގެ ތަފާތުން / ފޮޓޯ: އޭއެމް 1440 ކޭވައިސީއާރު

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސްއިން ކްލީވްލަންޑް ކެވެލިއާސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިނެއަޕޮލިސްގެ ޓާގެޓް ސެންޓާގައި ކުޅުނު މި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފައިވަނީ 104 ޕޮއިންޓް 91 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ. އަދި، ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޖަރެޓު އެލަންއެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސްއާއި ދެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބު ކުރީ ސެލްޓިކްސްއެވެ.

މި މެޗުގައި ސެލްޓިކްސްގެ ޑެރިކް ވައިތްވަނީ 19 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދީ 11 އެސިސްޓް ކޮށްފައެވެ. އަދި، ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ ނުވަ ރިބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖޭމްސް ވައިސްމަންއެވެ.

މީގެ އިތުރުން، އޮކްލޮހޯމާ ސިޓީ ތަންޑާއާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ. މި މެޗުގައި ތަންޑާގެ ޝެއި ގިލްޖިއޯސް އެލެގްޒެންޑާވަނީ 23 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި، ރެޕްޓާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދ ފަސް އެސިސްޓް ދިން ކެލީ އޮލިނީކްއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު މެމްފިސް ގްރިޒްލީސްއާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 99 ޕޮއިންޓް 97 ޕޮއިންޓުން ގްރިޒްލީސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސްއާއި މައޭމީ ހީޓު ބައްދަލުކުރި މެޗު 111 ޕޮއިންޓް 88 ޕޮއިންޓުނ ކާމިޔާބު ކުރީ ޕެލިކަންސްއެވެ.

ލޮސް އެންޖަލިސް ކްލިޕާސްއާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު 125 ޕޮއިންޓް 117 ޕޮއިންޓުން ކްލިޕާސް ކާމިޔާބު ކުރިއިރު އިންޑިއާނާ ޕޭސާސް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބު ކުރީ ޕޭސާސްއެވެ. އަދި، ލޮސް އެންޖަލިސް ލޭކާސްއާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު 101 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކާސްއެވެ.

comment ކޮމެންޓް