ދެ މަސް ފަހުން މަހާތީރު ހޮސްޕިޓަލުން ދޫކޮށްލައިފި

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ،މަހާތީރު މުޙައްމަދު. ފޮޓޯ/ޗެނަލް ނިއުސް އޭޝިޔާ

އުމުރުފުޅުން ގާތްގަޑަކަށް 100 އަހަރުވާން ކައިރިވެފައިވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މަހާތީރު ހޮސްޕިޓަލުން ދޫކޮށްލީ އިންފެކްޝަނެއްގެ އަސަރުކޮށްގެން އެޑްމިޓް ކުރިތާ ގާތްގަނޑަކަށް ދެ މަސް ފަހުން ކަމަށް އޭނާގެ އޮފީހުން ބުނެއެވެ.

މަހާތީރު އެޑްމިޓްކޮށްފައި ވަނީ މޭލޭޝިޔާގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ޖެނުއަރީ 26 ވަނަ ދުވަހުއެވެ. އޮފީހުން ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުން، ނޫސްވިދާޅުވެ، ލިޔުއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

އޭނާއަށް މެލޭޝިޔާގެ ރައްޔިތުންގެ ފަރާތުން ލިބޭ ހެޔޮ ދުއާއަށް މަހާތީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މަހާތިރު ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެއީ 1981އިން 2003އަށް އަދި 2018އިން 2020 އަށެވެ.

comment ކޮމެންޓް