ޑެންވާ ނަގެޓްސްއިން ސެން އެންޓޯނިއޯ ސްޕާސް ބަލިކޮށްފި

ނިކޮލާ ޔޮކިޗް ސްޕާސް ކޮޅަށް ޕޮޓެއް އެޅުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު ނަގެޓްސްއިން ކާމިޔާބު ކޮށްފިއެވެ.

އޮސްޓިންގެ މޫޑީ ސެންޓާގައި ކުޅުނު މިމެޗު ނަގެޓްސްއިން ކާމިޔާބު ކޮށްފައިވަނީ 117 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ނިކޮލާ ޔޮކިޗްއެވެ. އަދި ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖެރެމީ ސޮޝާންއެވެ.

މިމުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 112 ޕޮއިންޓު 104 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕެލިކަންސްއެވެ. މިމެޗުގައި ޕެލިކަންސްގެ ޒިއޮން ވިލިއަމްސަންވަނީ 34 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޕޯލް ޖޯޖުއެވެ.

މީގެއިތުރުން އޮލާންޑޯ މެޖިކް އާއި ޓޮރޮންޓޯ ރެޕްޓަސް ބައްދަލުކުރި މެޗު 113 ޕޮއިންޓު 103 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ މެޖިކްއެވެ. މިމެޗުގައި މެޖިކްގެ ޕައޮލޯ ބަންޗޭރޯ ވަނީ 17 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދިން ގެރީ ޓްރެންޓް ޖޫނިއާއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ފީނިކްސް ސަންސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 107 ޕޮއިންޓު 96 ޕޮއިންޓުން ސަންސް ކާމިޔާބު ކޮށްފައިވާއިރު މައޭމީ ހީޓް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 108 ޕޮއިންޓު 95 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހީޓްއެވެ. އަދި ޔޫޓާ ޖޭޒް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޖޭޒްއެވެ.

comment ކޮމެންޓް