ރަފަހަށް އަރައިގަތަސް އިސްރާއިލު އޮޮތީ ހަނގުރާމައިން ބަލިވެފައި: ހިޒްބުﷲ

ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުالله. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ.

އިސްރާއީލުން ޣައްޒާގައި އަސްކަރީ އޮޕަރޭޝަން ފެށިތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އިސްރާއީލަށް އެ މީހުންގެ އެންމެ މަގްސަދެއް ވެސް ހާސިލުނުވާކަމަށާއި އެންމެ ކާމިޔާބީއެއް ވެސް ނުލިބޭ ކަމަށް ލުބުނާންގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޣައްޒާގެ އާންމުން ދައްކަނީ ހިތްވަރުގަދަކަން ކަމަށާއި ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ދުނިޔެއަށް ލިބޭ ފިލާވަޅެއް ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

"އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަށް އަރައިނުގެންފިނަމަ، ހަނގުރާމައިން ބަލިވެއްޖެ ކަމަށް. އަޅުގަނޑުމެން ނަތަންޔާހޫއަށް ބުނަން ބޭނުންވަނީ ރަފަހް އަށް އަރައިތަސް ހަނގުރާމައިން ބަލިވެއްޖެއޭ. އަދި ގަތުލުއާންމު ހިންގިޔަސް ހަމާސް ނައްތައިނުލޭވޭނެއޭ. ޣައްޒާގެ ރައްޔިތުން ކަލޭމެންނާ ހަވާލެއްނުވާނެ," އިއްޔެ ދެއްވި ޚިތާބެއްގައި ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲގެ ވާހަކަފުޅުގައި އިސްރާއީލާއި ލުބުނާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.

ނަމަވެސް ލުބުނާނުން އިސްރާއީލާ ހަނގުރާމަ ކުރަނީ އެ މީހުން ވާޖިބު އަދާކުރުމަށްކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

comment ކޮމެންޓް