ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި

ހައްޖަށް ފޮނުވާ މީހުންގެ ގުރުނެގުމުގެ ތެރެއިން: ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ވަނީ ހޮވައިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދައުލަތުގެ ޚަރަދުގައި ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ގުރުއަތު މިއަދު ނަގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާފައިވަނީ މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓަށް ބަލައިގެންނެވެ. އެ ލިސްޓުގައި ހިމެނުނީ 1444 ވަނަ އަހަރު މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓުގައި ތިބި 982 މީހުންގެ ތެރެއިން 50 އަހަރާއި 69 އަހަރާ ދެމެދުގެ, ފަރުޟު ހައްޖުވެފައިނުވާ 667 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހައްޖަށް ފޮނުވާ މީހުންގެ ގުރު ނެގުމަށް ލިސްޓުގައި ތިބި 667 މީހުންގެ އައިޑީކާޑު ނަންބަރު ބޭނުންކޮށްފައިވާއިރު އެކަން ކޮށްފައިވަނީ އެންމެންނަށް ފެންނަ ގޮތަށް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލެއްގެ ތެރެއިން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެއްވެސް ސަބަބެއް މެދުވެރިވެގެން ހައްޖުގައި ބައިވެރިނުވެވޭ ހާލަތެއް މީހަކަށް ދިމާވެދާނެތީ އިތުރު މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން 50 މީހުންގެ އިތުރުން 10 މީހުން ވަނީ ގުރުއަތުން ނަގައިފައެވެ.

ހައްޖަށް ފޮނުވާ މީހުންގެ ގުރުނެގުމުގެ ތެރެއިން: ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ވަނީ ހޮވައިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހައްޖަށް ދިޔުމަށް ގުރުއަތުން ހޮވުނު 50 މީހުންނަކީ:

  1. A067530
  2. A006510
  3. A003619
  4. A003034
  5. A069832
  6. A082564
  7. A118905
  8. A071155
  9. A052430
  10. A027310
  11. A105838
  12. A125955
  13. A156345
  14. A008158
  15. A278483
  16. A060702
  17. A139798
  18. A271712
  19. A283949
  20. A118916
  21. A292833
  22. A116656
  23. A289336
  24. A117020
  25. A119161
  26. A081275
  27. A117424
  28. A009872
  29. A082897
  30. A001962
  31. A137319
  32. A347391
  33. A066020
  34. A008183
  35. A258600
  36. A134554
  37. A312825
  38. A254778
  39. A047491
  40. A201749
  41. A099105
  42. A015607
  43. A006628
  44. A007529
  45. A041525
  46. A006900
  47. A004951
  48. A110356
  49. A265765
  50. A013779

މިނިސްޓްރީއިން ބުނީ އެ 50 މީހުންގެ ތެރެއިން މީހަކަށް ހައްޖުގައި ބައިވެރިނުވެވޭ ނަމަ، އެ ފުރުސަތު ދޭނީ ގުރުއަތުން ހޮވި އިތުރު 10 މީހުންގެ ލިސްޓު ތަރުތީބުން ކަމަށެވެ.

އިތުރަށް ހޮވުނު 10 މީހުންނަކީ:

  1. A021372
  2. A001589
  3. A005593
  4. A301106
  5. A097043
  6. A097030
  7. A018275
  8. A080266
  9. A137322
  10. A038697

މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް