ޑެންވާ ނަގެޓްސްއިން ލޮސް އެންޖަލިސް ލޭކާސް ބަލިކޮށްފި

ނަގެޓްސް ކޮޅަށް ޕޮޓެއް އެޅުމަށް ލެބްރޮން ޖޭމްސް މަސައްކަތް ކުރަނީ / ފޮޓޯ: ނިއުސް ޑޭ

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗު ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.

ލޭކާސްގެ ކްރިޕްޓޯ ޑޯޓް ކޮމް އެރީނާގައި ކުޅުނު މިމެޗު ނަގެޓްސްއިން ކާމިޔާބު ކޮށްފައިވަނީ 124 ޕޮއިންޓް 114 ޕޮއިންޓުންނެވެ. މިމެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 35 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދިން ލެބްރޮން ޖޭމްސްއެެވެ.

މިމުބާރާތުގައި ހިއުސްޓަން ރޮކެޓްސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 118 ޕޮއިންޓު 109 ޕޮއިންޓުން ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވަނީ ރޮކެޓްސްއެވެ. މިމެޗުގައި ރޮކެޓްސްގެ ޖަލެން ގްރީންވަނީ 34 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ.

މީގެއިތުރުން މައޭމީ ހީޓް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 126 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހީޓްއެވެ. މިމެޗުގައި ހީޓްގެ ޖިމީ ބަޓްލާވަނީ 37 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ކިޔޮންޓޭ ޖޯޖްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރޫކްލިން ނެޓްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 102 ޕޮއިންޓުން ނެޓްސް ކާމިޔާބު ކޮށްފައިވާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 107 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސްއެވެ.

comment ކޮމެންޓް