ބޮސްޓަން ސެލްޓިކްސްއާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބުކޮށްފި

މިއީ ސެލްޓިކްސް ޖެހިޖެހިގެން ކާމިޔާބުކުރި 9 ވަަނަ މެޗު / ފޮޓޯ: ޑެއިލީ އިންޑެޕެންޑެންޓް

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗު ސެލްޓިކްސް ކާމިޔާބު ކޮށްފައިވަނީ 117 ޕޮއިންޓް 99 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްދިން ޖޭސަން ޓެޓުމްއެވެ. އަދި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްދިން ޓައިރީސް މެކްސީއެވެ.

މިމުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުލްވްސްއެވެ. މިމެޗުގައި ވުލްވްސްގެ އެންތަނީ އެޑްވާޑްސްވަނީ 34 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްދިން ވިކްޓާ ވެމްބަންޔާމާއެވެ.

މީގެއިތުރުން އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 112 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބު ކުރީ ތަންޑާއެވެ. މިމެޗުގައި ތަންޑާގެ ޝެއި ގިލްޖިއޯސް އެލެގްޒެންޑާވަނީ 31 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްއަށް މިޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްދިން އަލްޕެރެން ސެންގުންއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 112 ޕޮއިންޓުން ވޮރިއާސް ކާމިޔާބު ކޮށްފައިވާއިރު އޯލާންޑޯ މެޖިކް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 108 ޕޮއިންޓް 81 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. ކްލީވްލަންޑް ކެވެލިއާސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 119 ޕޮއިންޓުން ކެވެލިއާސް ކާމިޔާބު ކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރި މެޗު 115 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބު ކުރީ ޕެލިކަންސްއެވެ.

މީގެއިތުރުން އެޓްލާންޓާ ހޯކްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 124 ޕޮއިންޓް 97 ޕޮއިންޓުން ހޯކްސް ކާމިޔާބު ކޮށްފައިވާއިރު މިލްވައުކީ ބަކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 85 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބަކްސްއެވެ. އަދި ޑެޓްރޮއިޓް ޕިސްޓަންސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 105 ޕޮއިންޓް 95 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބު ކޮށްފައިވާއިރު މައޭމީ ހީޓް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު 106 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހީޓްއެވެ.

comment ކޮމެންޓް