ފަރުކޮޅުން ފެނުނު ކިނބޫ އެމްއެންޑީއެފާ ހަވާލުކޮށްފި

ކިނބޫ ވަލުން އައްސާފަވާ މަންޒަރު---ފޮޓޯ/އަހްމަދު މުޖްތަބާ

އިއްޔެ މެންދުރުފަހު ށ. ފަރުކޮޅުން ފެނުނު ކިނބޫ އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށް ށ.ފުނަދޫ ކައުންސިލުން މިއަދު ބުނެފިއެވެ.

ފުނަދުއާ އެއްފަޅެއްގައި އޮންނަ ފަރުކޮޅަށް ގޮސް އުޅުނު ބަޔަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް ފެނުމާއެކު އެ މީހުން ވަނީ އޭތި ހިފާފައެވެ.

https://sun.mv/189082

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު މިއަދު "ސަން" އަށް ވިދާޅުވީ އެ ކިނބޫ ރޭގެ ވަގުތެއްގައި އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެ ކިނބުލަށް ހަދާ ގޮތެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ރާއްޖޭން ކިނބޫ ފެނުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ވަކި މޫސުމެއްގައި ރާއްޖޭން ކިނބޫ ފެނިފައި އެބަހުއްޓެވެ.

ވަރަށް ކުރިން ރާއްޖޭން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ބަގީޗާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ބޭއްވިއެވެ. ފަހުން އެ ކިނބޫ ވަނީ މަރުވެފައެވެ.

comment ކޮމެންޓް