އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމު ފުނަދުއަށް ގޮސްފި

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ފޮޓޯ: އެންޑީއެމްއޭ

އިއްޔެ ށ. ފުނަދޫގައި ހުރި ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް މިއަދު ފުނަދުއަށް ގޮސްފިއެވެ.

ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ އިއްޔެގެ މެންދުރު 12 ޖަހައި ބޮޑުވި ފަހުންނެވެ.

އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެ އެ ގޭގައި ދިރިއުޅޭ 11 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ވެސް ހޯދައިދީފައެވެ.

https://sun.mv/229600

'ސަން' އަށް މައުލޫމާތު ދެމުން ފުނަދޫ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އެ ރަށަށް ފުލުހުންގެ ޙާއްސަ ޓީމެއް މިހާރު އަތުވެއްޖެ ކަމަށެވެ. ނަމަވެސް އެ ޓީމުގައި ކިތައް އޮފިސަރުން ބައިވެރިވާކަމާއި ތަހުގީގު ކުރިއަށްދާނީ ކިހާ ދުވަހަކަށް ކަމެއް ކައުންސިލުން ބުނެފައެއް ނުވެއެވެ.

އެ ހާދިސާގައި 20 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ވަނީ ފަރުވާ ދީފައެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި، އޭގެތެރޭގައި ފަޔާ ފައިޓަރަކާއި ށ. ފުނަދޫ ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ.

ފުނަދޫ ކައުންސިލުން 'ސަން'އަށް ބުނި ގޮތުގައި، ވަގުތީ ހިޔާތަކުގައި މީހުން ތިބީ ގެސްޓްހައުސްތަކުގައެވެ. އަދި، ގެތައް މަރާމާތުކުރެވުނުހާ އަވަހަކަށް އެ މީހުން އަލުން ގެއަށް ދިރިއުޅުން ބަދަލުކުރާނެކަން ކައުންސިލުން ފާހަގަކުރިއެވެ.

comment ކޮމެންޓް