ފުރޭތަގެ ބީޓީއެސް އަދި އާ ޕޯސްޓަރުތަކެއް

ފުރޭތަ --

ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ފުރޭތަ"އިގެ މުޅީން އާ ޕޯސްޓަރުތަކެއް އާންމުކޮށްފިއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވައިލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ފުރޭތަ" އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މި ފިލްމުގެ މަސައްކަތްތައް ނިމި މިހާރު ފިލްމު އަޅުވަން ތައްޔާރުވެފައިވާއިރު ޑާކްރެއިނުން އަންނަނީ ފިލްމާ ގުޅޭ ގިނަ މައުލޫމާތުތައް އާންމުކުރަމުންނެވެ. އެގޮތުން ޑާކްރެއިނުން ވަނީ ފިލްމުގެ މުޅީން އާ ޕޯސްޓަރުތަކެއް އާންމުކޮށްފައެވެ.

https://www.instagram.com/p/C3tmlMqpnUG

ސޯޝަލް މީޑިއާގައި އަލަށް އާންމުކުރި ޕޯސްޓުތަކަކީ ފިލްމުގެ ކެރެކްޓަރުންގެ ޕޯސްޓަރުތަކެވެ. އޭގެތެރޭގައި ފިލްމުގެ ލީޑުން ފެންނާނެ ކެރެކްޓަރުތަކާއި ސައިޑް ކެރެކްޓަރުންގެ ޕޯސްޓަރުތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

https://www.instagram.com/p/C3rOJTVxnKw

ފިލްމުގެ ޕޯސްޓަރުގެ އިތުރުން ފިލްމުގެ ބައެއް ބިހައިންޑް ދަ ސީންސް (ބީޓީއެސް) މަންޒަރުތައް ވެސް ވަނީ ޑާކްރެއިނުން ހިއްސާކޮށްފައެވެ. ބީޓއެސް މަންޒަރުތަކުގައި ކާސްޓުންނާއި ކްރޫއިން ވެސް ފެނިގެން ގޮސްފައިވެއެވެ.

ފިލްމުގެ ޓިކެޓު މިހާރު ދޫކުރަމުން ދާއިރު މި ފިލްމު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://www.instagram.com/p/C3sgtwTxbVa

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް