އިނިގިރޭސި ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅުޖެހި ނޫޓު ފުރަތަމަ ފަހަރަށް ނެރެނީ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ -- ފޮޓޯ/ރޮއިޓާސް

އިނިގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ފޮޓޯފުޅު ޖެހި ނޫޓު ފުރަތަމަ ފަހަރަށް އަންނަ ޖޫން މަހުން ފެށިގެން ދައުރުކުރަން ނިންމައިފިއެވެ.

ބޭންކް އޮފް އިންގްލޭންޑްއިން ބުނީ، ޗާލްސްގެ ފޮޓޯފުޅު ޖެހި 5، 10، 20 އަދި 50 ޕައުންޑުގެ ނޫޓު އިތުރު ބަދަލެއް ނުފެންނާނެ ކަމަށެވެ.

ޗާލްސްގެ ފޮޓޯފުޅުޖެހި ބޭންކްނޯޓްތައް ބޭނުންކުރާނީ ހަމައެކަނި ހަލާކުވެފައިހުރި ނޯޓުތަކުގެ ބަދަލުގައެވެ.

ޗާލްސްގެ ފޮޓޯފުޅު ޖެހި ނޫޓު ތައާރަފު ކުރުމަށް ފަހު ވެސް، މިހާރު ބޭނުންކުރާ ރާނީ އެލިޒަބަތު ދެވަނައިގެ ފޮޓޯފުޅު ޖެހި ބޭންކު ނޫޓުތައް ބޭނުން ކުރަމުންދާނެ ކަމަށް ބޭންކް އޮފް އިންގްލޭންޑްއިން ވަނީ ބުނެފައެވެ.

ރަސްގެފާނުގެ ފޮޓޯފުޅު ޖެހި ނޫޓުތައް ފަރުމާކޮށްފައިވަނީ ބޭންކް އޮފް އިންގްލޭންޑް އަދި ޑި ލާ ރޫ ގުޅިގެން ކަމަށް ވާއިރު، އެހެން ނޫޓުތަކާ އެއްގޮތަށް މި ނޫޓުތަކުގެ ސެކިއުރިޓީ ވެސް ވަރުގަދަވާނެއެވެ.

comment ކޮމެންޓް