ގެއްލިގެން ހޯދަން އިއުލާނުކުރިފަހުން ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދި މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) -- ފޮޓޯ/ ފުލުހުން

މާލޭގައި، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ، އެ ކުއްޖާ އަމިއްލައަށް ގެއަށް އައިސްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއަށް އައީ މިރޭ 22:01 ހާއިރު ކަމަށެވެ. ގެއަށް އައިއިރު ހާލު ރަނގަޅުކަމަށް ވެސް މައުލޫމާތު ދެއެވެ.

އެ ކުއްޖާއަކީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އެވެ.

ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މީގެ ފަސް ދުވަސް ކުރިން މި މަހު 11ގައި ކަމަށެވެ.

އެގޮތުން އެންމެ ފަހުން އެ ކުއްޖާ ފެނުނީ މި މަހުގެ 9ވަނަ ދުވަހުގެ ރޭ 20:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

މި ފަހުން ވެސް ކުއްޖަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވެއެވެ.

ނަމަވެސް ހޯދަން އިއުލާނުކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭ އެ ކުދިން ނުވަތަ މީހުން ފެނެއެވެ.

comment ކޮމެންޓް