މަގުތަކުގައި ހުރި ގިނަ ދުވަސްވީ ވެހިކަލްތައް ނައްތައިލުމުގެ މަސައްކަތް މާދަމާ ފަށަނީ

ހުޅުމާލެ މަގުމަތީ ހަލާކުވެފައި އޮތް ވެހިކަލެއްގެ ބައިތައް --- ސަން ފައިލް ފޮޓޯ

މާލެ އާއި ހުޅުމާލެ މަގުތަކުގައި ހުރި ގޮނަ ދުވަސްވީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީއިން ގެޒެޓުކުރި އިއުލާނެއްގައި ބުނީ މަގުތަކުގައި ބޭނުންނުކޮށްހުރި އުޅަނދުތަކުގެ ސަބަބުން މަގުތަކުގެ ޓްރެފިކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް އެ އުޅަނދުތައް ނައްތައިލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

އެގޮތުން މި ކަމުގެ ތެރެއިން ގަވާއިދާ ޚިލާފަށް މަގުތަކުގައި ބަހައްޓައިފައިހުރި އުޅަނދުތައް ދެނެގަތުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ފަދަ އުނޅަދުތައް މަގުމަތިން ނަގައި ނައްތައިލާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ވެމްކޯގެ އިތުރުން ފުލުހުންނާ ގުޅިގެން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ގިނަ ދުވެސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް ނައްތައިލުމަށް ބޭނުންވާ މީހުން، އެ ކަމަށް އެދުމުގެ ފުރުސަތު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަންނަ މަހުގެ ތިނަކާ ހަމައަށް ހުޅުވައިލައިފައެވެ.

https://sun.mv/188630

މީގެކުރިން ވެސް މާލެ އާއި ހުޅުމާލެ މަގުތަކުގައި ބޭނުންނުކޮށްހުރި އުޅަނދުތައް ނައްތައިލުމުގެ މަސައްކަތް ކޮށްފައިވެއެވެ.

comment ކޮމެންޓް