އިންޑޮނޭޝިޔާ އިންތިހާބުގެ ވޯޓު ގުނަން ފަށައިފި

އިންޑޮނޭޝިޔާގެ ވެރި ރަށް ޖަކާޓާގައި ހުރި ވޯޓުލާ މަރުކަޒެއް، އިންޑޮނޭޝިޔާގެ އާ ރައީސަކު ހޮވަން ވޯޓުލައިފައި ވަނީ މިއަދު. ފޮޓޯ/އަލްޖަޒީރާ

މިއަދު އިންޑޮނީޝިއާގައި ކުރިއަށްދިޔަ އިންތިހާބުގައި ރައީސްގެ އިތުރުން ނައިބުރައީސް އާއި ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެމްބަރުން އިންތިހާބުކުރަން ވޯޓު ދީފައިވެއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ވޯޓު ލީ ގިނަ ބަޔަކު ވޯޓުލައިފައި ވަނީ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) ރައީސް ކަމަށް ހޮވުމަށެވެ. އޭނާ މިހާރު އަންނަނީ އިންޑިނޭޝިޔާގެ ވެރިކަމުގެ ދެ ވަނަ ދައުރުގެ ފަހު ދެ މަސް ދުވަސް ފުރިހަމަ ކުރަމުންނެވެ.

ދުވިސައްތަ ހަތްދިހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާ 204 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، 17 އަހަރު ވެފައިވާ ކޮންމެ މީހަކަށް ވޯޓު ލެވެއެވެ.

މީގެ އިތުރުން އިންތިހާބުގައި 575 މަޖިލިސް ގޮނޑިއަށް 18 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަ ކުރެއެވެ.

އިންޑޮނީޝިޔާގައި އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 81 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިއަދު ހެނދުނު އިންތިހާބުގައި ބައެއް މައްސަލަތައް ކުރިމަތިވި ނަމަވެސް ހެނދުނުގެ ވަގުތަށްފަހު ވިއްސާރަ އަލިވެ ވޯޓުލާން ދިޔަ މީހުންގެ ނިސްބަތް މަތި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް