ބިޔޯންސޭގެ އާ މިއުޒިކް އިއުލާނުކޮށްފި

މިއުޒިކްގެ އެންމެ ނުފޫޒު ގަދަ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ބިޔޯންސޭ އާ މިއުޒިކް ނެރޭނެ ކަމަށް ބުނެ ޓީޒާތަކެއް އާންމުކޮށްފިއެވެ.

ބިޔޯންސޭގެ އެންމެ މަގުބޫލު އެއް އަލްބަމް ކަމަށްވާ "ރިނޭސޯންސް" ނެރެފައިވަނީ 2022 ވަނަ އަހަރުއެވެ. އެއަށް ފަހު އޭނާގެ އަލްބަމެއް ރިލީޒްކޮށްފައިނުވާއިރު ސިންގަލް އެއް ވަނީ ރިލީޒްކޮށްފައެވެ. އެންމެ ފަހުން އާ މިއުޒިކް އިއުލާނު ކޮށްފައިވަނީ ރިނޭސޯންސްއާ ގުޅޭ މިއުޒިކެވެ.

ބިޔޯންސޭގެ އާ މިއުޒިކް އިއުލާނު ކޮށްފައިވަނީ އޭނާގެ ވެބްސައިޓުގައެވެ. އެއާއެކު އާ ދެ ލަވައެއް ވަނީ ސްޓްރީމިން ސާވިސް ޓައިޑަލްއަށް ރިލީޒް ކޮށްފައެވެ.

ރިނޭސޯންސްގެ "ޕާޓް 2"ގެ ގޮތުގައި ނެރޭ މި މިއުޒިކް އަލްބަމްގެ ރިލީޒްކޮށްފައިވާ ސިންގަލް އަކީ "ޓެކްސަސް ހޯލް އެމް" އާއި "16 ކެރިޖެސް"އެވެ. މި ދެ ލަވައަކީ ވެސް ބިޔޯންސޭގެ އާންމު މިއުޒިކް ސްޓައިލްއާ ތަފާތު ދެ ލަވައެވެ. އެގޮތުންް އާ ލަވައަކީ ކަންޓްރީ ޖާންރާގެ މިއުޒިކް ކަމުގައި އޭނާ ފާހަގަކުރިއެވެ.

އާ އަލްބަމުން ވެސް ފެންނާނީ ކަންޓްރީގެ ރަހަތައް ކަމުގައި ބިޔޯންސޭ ވަނީ ހާމަކޮށްފައެވެ. މި އަލްބަމްގެ ވާހަކައާ އެކު ބިޔޯންސޭގެ ފޭނުން އަންނަނީ މުޅި ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކަމުންނެވެ.

ބިޔޯންސޭ ހާމަކޮށްފައިވާ ގޮތުގައި ރިނޭސޯންސްގެ އިތުރު ދެ ބައެއް ނެރޭނެއެވެ. އެގޮތުން ދެވަނަ ބައި ނެރުމަށް ތައްޔާރުވަމުން އަންނައިރު މި ބައި ރިލީޒް ކުރާނީ މި މަހުގެ 29 ގައެވެ. މި އަލްބަމް އެންމެ ފުރަތަމަ ރިލީޒްކުރާނީ ޓައިޑަލް އަށެވެ. ޓައިޑަލް އަކީ ބިޔޯންސޭގެ ފިރިމީހާ ޖޭޒީގެ ސްޓްރީމިން ސާވިސް އެކެވެ.

comment ކޮމެންޓް