އިދިކޮޅު ޕްރައިމަރީގައި ރޮޒޭނާ އާއި ޝަރީފަށް ނާކާމިޔާބެއް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި، މިދިޔަ ތިން ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މިހާރުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޕްރައިމަރީގައި ނާކާމިޔާބުވެ ޓިކެޓު ގެއްލިއްޖެއެވެ.

މިއަދު އޮތް ޕްރައިމަރީގައި ރޮޒައިނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓު ހޯއްދެވުމަށެވެ. ނަމަވެސް މާލޭގައި ހުރި ވޯޓު ފޮށިތަކުންނާއި، އައްޑޫގައި ހުރި ފޮށިތަކުން ވެސް ރޮޒައިނާއަށް ކުރި ހޯދިފައެއް ނުވެއެވެ.

ޕްރައިމަރީގައި ވާދަކުރެއްވި މިހާރުގެ މެމްބަރުންގެ ތެެރެެއިން ނާކާމިޔާބުވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. މީގެ އިތުރުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމަށް ވެސް ޕްރައިމަރީގައި ވަނީ ނާކާމިޔާބާ ކުރިމަތިވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވީ 40 ދާއިރާއަކުންނެވެ. ދާއިރާތަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 25،325އަށް އަރައެވެ.

މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓިއެވެ. އަދި މާލޭ ސަރަހައްދުގައި ގައި 27 ފޮށި ބެހެއްޓިއެވެ.

އެ ޕާޓީން ހުޅުމާލޭ ތިން ދާއިރާގެ ޕްރައިމަރީ ބާއްވައެެވެ.

https://sun.mv/186900

އެމްޑީޕީން މީގެ ކުރިންވަނީ، އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކޮށް ފަހުން 10 މެންބަރެއްގެ ނަން އިއުލާންކޮށްފައިވެއެވެ.

މިހާރު ކުރިއަށްދާ މަޖިލީހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެވެ.

comment ކޮމެންޓް