ޖަޕާނުގައި، ފެން މަތީގައި ހަދައިފައިވާ އެއާޕޯޓު އަޑިއަށްދަނީ

ފެންމަތީގައި ހަދައިފައިވާ ޖަޕާނުގެ ކަންސާއީ އެއާޕޯޓު. ފޮޓޯ/ދަ އިކޮނޮމިކް ޓައިމްސް

މީގެ 30 އަހަރު ކުރިން ފެން މަތީގައި ހަދައިފައިވާ ޖަޕާނުގެ ކަންސައި އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ތަފާތު އެއް އެއާޕޯޓެވެ. ނަމަވެސް އެ އެއާޕޯޓު އަޑިއަށްދާ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ޖަޕާނުގެ ދެވަނައަށް އެންމެ ބޮޑު މެޓްރޯޕޮލިޓަން ސިޓީ އޮސާކާއަށް ޚިދުމަތްދޭ އެ އެއާޕޯޓް މިހާރު ވަނީ 38 ފޫޓަށް ވުރެ ބޮޑަށް އަޑިއަށް ގޮސްފައެވެ. އާޓިފިޝަލް ރަށެއް ކަމަށްވާ ކަންކޫޖީމާ އަކީ އެ އެއާޕޯޓަށް ޚާއްޞަކޮށް ހަދައިފައިވާ ރަށެކެވެ. ކަންސަކީ އެއާޕޯޓު އަޑިއަށްދާ ވަރަކަށް މައި ސިޓީއާ ދުރަށް ދާ ކަމުގައި މާހިރުން ބުނެއެވެ. އަދި ކުރިއަށްއޮތް 50 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު އެއްކޮށް އަޑިއަށްދާނެ ކަމަށްވެސް މާހިރުން ލަފާކުރެއެވެ.

އިކޮނޮމިކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއާޕޯޓު އަޑިއަށްދަނީ އެތަނުގައި ހުރި އިމާރާތްތައް މާ ބާރުވުމުންނެވެ.

އެ އެއާޕޯޓުގެ ޓާމިނަލްތައް ރައްކާތެރިކުރުމަށް މިހާރުވެސް 150 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

ކަންސައީ އެއާޕޯޓަކީ 1994 ވަނަ އަހަރު ހުޅުވި، ވަރަށް ބޮޑު އެއާޕޯޓެކެވެ. އެ އެއާޕޯޓު އިމާރާތްކުރުމަށް 10،000 މަސައްކަތު މީހުން 10 މިލިއަން ގަޑިއިރު ވަންދެން މަސައްކަތްކުރިއެވެ. އެއާޕޯޓު އިމާރާތްކުރުމަށް ގާތްގަޑަކަށް 20 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު އެއީ އޯލް ނިޕޮން އެއާވޭސް، ޖަޕާން އެއާލައިންސް، އަދި ނިޕޮން ކާގޯ އެއާލައިންސްގެ ހަބެއްގެ ގޮތުގައި ބޭނުންކުރާ ކުރާ އެއާޕޯޓެވެ.

ކަންސައި އެއާޕޯޓަށްވަނީ ތަކުރާރުކޮށް މޫސުމީ ގޮންޖެހުންތަކާވެސް ކުރިމަތިލާންޖެހިފައެވެ. އެގޮތުން 2018 ވަނަ އަހަރު ކުރިމަތިވި ޖެބީ ތޫފާންގެ ސަބަބުން އެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރަންވެސް ޖެހުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް