ޖަޕާނުގެ އަސްކަރީ ހެލިކޮޕްޓަރުތައް ވެއްޓުނު ހާދިސާގައި އެކަކު މަރުވެ، ހަތް މީހުން ގެއްލިއްޖެ

ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ބޯޓެއް، ގެއްލުނު އަސްކަރީ ދެ ހެލިކޮޕްޓަރު ހޯދަނީ -- ފޮޓޯ/ސީއެންއެން

އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށް ޖަޕާނުގެ ހެލިކޮޕްޓަރުތަކެއް ވެއްޓުނު ހާދިސާގައި އެކަކު މަރުވެ ހަތް މީހުން ގެއްލިޖެއެވެ.

ޖަޕާނު މެރިޓައިމް ސެލްފް ޑިފެންސް ފޯސް (ޖޭއެމްއެސްޑީއެފް)އިން ބުނީ އެ ހާދިސާގައި ދެ ހެލިކޮޕްޓަރު ވެއްޓުނީ ޕެސިފިކް ކަނޑަށެވެ. އެއިން ކޮންމެ ހެލިކޮޕްޓަރެއްގައި ދެ މީހުން ތިބި ކަމަށާއި، މަރުވެފައިވަނީ އޭގެ ތެރެއިން އެކަކު ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި, ދެ ހެލިކޮޕްޓަރު ވެއްޓުނުކަން އެނގުނީ އެކަތީގެ މުވާސަލާތު 10:30 އެހާކަށްހާއިރު، ކެނޑި އަނެއް ހެލިކޮޕްޓަރުގެ މުވާސަލާތު ރޭ 11:00 ޖަހައި ބޮޑުވި ފަހުން ކެނޑިފައިވަނިކޮށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ޖަޕާންގެ ދިފާއީ ވަޒީރު މިނޯރޫ ކިހާރާ ވިދާޅުވީ މިއީ ވަރަށް ހިތްދަތި ހާދިސާއެއް ކަމަށާއި ގެއްލުނު އޮފިސަރުންތައް ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެނީ ތަމުރީނުގެ ތެރޭގައި އެކަތި އަނެކައްޗާ ޖެހިގެންނެވެ.

ވެއްޓުނު ދެ ހެލިކޮޕްޓަރަކީ އެސްއެޗް-60ކޭ މަރުކާގެ ދެ ހެލިކޮޕްޓަރެވެ.

ހެލިކޮޕްޓަރުތައް ހޯދުމުގެ މަސައްކަތުގައި އެހީތެރިވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް