ޑޮކްޓަރަށް ދައްކަން އައި ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ނިކަގަސް މަގުގައި ފުލުހުން ހަރަކާތްތެރިވަނީ --

މާލޭ، ގަލޮޅު، ނިކަގަސް މަގުގައި ހުރި ގެއަކުން، އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި، އޭނާގެ ހަށިގަނޑު މިރޭ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ޑޮކްޓަރަށް ދައްކަން މާލެއައިސް ހުރި މީހަކު ޚަބަރެއް ނުވާކަމަށް މިރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ.

އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، އެ މީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.

އެކަމާ ގުޅިގެން އެމީހާ މާލެ އައިސް ހުރި ގެއަށް ގޮސް ފުލުހުން ބެލި އިރު އެމީހާ ނިޔާވެފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެއީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަދުމަދުން މިފަދަ ކަންކަން ހިނގައިގެން މީގެ ކުރިން ވެސް ރިޕޯޓުކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް