ދ. މީދޫ އަންހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ ރާމިޒާ --

ދ. މީދޫ، ދުނބުރިމާގެ މަރިޔަމް ރާމިޒާ، 36 ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާ މިހާރު ދިރިއުޅޭ އެޑްރެސް އަކީ ވ. ލަކީޝޮޕް ކަމަށާއި އޭނާގެ ޚަބަރެއް ނުވެގެން ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 20:37 އެހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އާއިލާއަށް އެންމެ ފަހުން ފެނިފައި ވަނީ، މިދިޔަ އަންގާރަ ދުވަހު 21:00 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން 3322111އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000އަށް ގުޅާ މައުލޫމާތު ހިއްސާކކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް