ޓްރެފިކް މައްސަލަ ހައްލުކުރަން ކޮމިޝަނަރާއި މިނިސްޓަރު މަޝްވަރާކޮށްފި

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއާއި ޓްރާންސްޕޯޓު މިނިސްޓަރު -- ފޮޓޯ/ ޕޮލިސް

މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދަން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާއަށް، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޓްރާންސްޕޯޓު މިނިސްޓްރީގައެވެ.

ޓުރެފިކުގެ މައްސަލަ ހައްލުކުރުމަށް، މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރު ޕްލޭންގެ މަސައްކަތް ވެސް މި މަހުގެ ކުރީކޮޅު ވަނީ ފަށައިފައެވެ.

ކުރީ ސަރުކާރުން 200 އާއި 300 އާ ގާތްކުރާ އަދަދަކަށް ދުވާލަކު އާ އުޅަނދު ރަޖިސްޓްރީކޮށްދިން ނަމަވެސް، މި ސަރުކާރުން އެ އަދަދު 20 އަށް ތިރިކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަދި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ މާލޭގައި ދުއްވޭނެ ވެހިކަލް ލިމިޓް ކަނޑައަޅުއްވާނެކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.

https://sun.mv/187096

ޓްރެފިކް މައްސަލަތަކުގެ އިތުރުން ރާއްޖޭގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ފަހަކަށް އައިސް، ގިނަކަން ފާހަގަކުރެވެއެވެ. ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް މި ހަފުތާ ތެރޭގައި ދިވެއްސަކު މަރުވިއެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު މަދުކުރުމަށްޓަކައި މިހާރަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ލައިސަންސް ދޫކުރާ ނިޒާމު އަލުން މުރާޖާކޮށް، މިހާރަށްވުރެ ހަރުކަށިކުރުން ކަމަށް، "ސަން"އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިއެވެ.

comment ކޮމެންޓް