މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ، ވެލަންޓައިންސް ޑޭއަށް ރާއްޖެ އަންނަނީ

މަޝްހޫރު މޮރޮކޯގެ ލަވަކިޔުންތެރިޔާ އަދި ލަވަކިޔުންތެރިޔާ އާޝާ-- ފޮޓޯ/މެޕް ނިއުސް

މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހާޖަރާ ސަބީހީ، އާންމު ނަމުން ނަމަ އާޝާ، ވެލަންޓައިންސްޑޭ ފާހަގަކުރުމުގެ ގޮތުން ސަން ސިޔާމް ކުންފުނީގެ ރިސޯޓެއް ކަމަށްވާ އިރުފުށީގައި ޝޯ ދިނުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ ފެބްރުއަރީ 14އިން ފެށިގެން 16އަށް އާޝާގެ ގިނަ ހުށަހެޅުންތަކެއް އިރުފުށީގެ މައި ސްޓޭޖުން ފެންނާނެއެވެ.

ވެލަންޓައިންސް ޑޭ ފާހަގަކުރުމަށް މިއުޒިކް ޝޯއެއް ބޭއްވުމުގެ އިތުރުން، އެ ރިސޯޓްގައި 'ވެލެންޓައިންސް ލަކީޑްރޯ'އެއް ވެސް މެހެމާނުންނަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ތައާރަފުވި ފަހުން އާޝާ ވަނީ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނަކަށްވެފައެވެ. އޭނާގެ ލަވަތައް ވަނީ ސްޕޮޓިފައި ފަދަ ޕްލެޓްފޯމްތަކުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައެވެ.

ޖޫން 2020ގައި އާޝާ ސޯލޯ އާޓިސްޓެއްގެ ވިދާލީ، އޭނާގެ ފުރަތަމަ ސިންގަލް "ބެސަމޭ" އިންނެވެ.

comment ކޮމެންޓް