ފުށިދިއްގަރުފަޅު ތަރައްގީކުރުން ހިމެނޭގޮތަށް ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން؛ ގައުމުގެ ވިޔަފާރިއާއި އިގުތިސާދާ ގުޅުންހުރި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފަ-- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ތަރައްގީކުރުން ހިމެނޭ ގޮތަށް ޗައިނާއާއެކު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތުފުޅަކަށް އެ ގައުމަށް މިހާރު ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ދެ ގައުމުގެ ވިޔަފާރިއާއި އިގުތިސާދާ ގުޅުންހުރި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  1. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި ޗައިނާގެ މިނިސްޓްރީ އޮފް އިމަޖެންސީ މެނޭޖްމަންޓާ ދެމެދު ވެފައިވާ، ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫ
  2. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާއި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެފައިވާ، ބްލޫ އިކޮނޮމީ ކޯޕަރޭޝަން އިތުރަށް ބަދަހިކުރުމުގެ އެމްއޯޔޫ
  3. ހޯމް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ވެފައިވާ، ޑިޖިޓަލް އިކޮނޮމީއާއި އިންވެސްޓްމަންޓް ކޯޕަރޭޝަން ހަރުދަނާކުރުމާ ބެހޭ އެމްއޯޔޫ
  4. އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ވެފައިވާ، ގްރީން ޑިވެލޮޕްމަންޓްގައި އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރޮމޯޓްކުރުމާ ބެހޭ އެމްއޯޔޫ
  5. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ޗައިނާ މީޑިއާ ގްރޫޕާ ދެމެދު ވެފައިވާ އެއްބަސްވުން
  6. އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާ ދެމެދު ވެފައިވާ، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކޯޕަރޭޝަން ޕްލޭން އެކުލަވާލުން އަވަސްކުރުމާ ބެހޭ އެމްއޯޔޫ
  7. އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ ނޭޝަނަލް ޑާޓާ އެޑްމިނިސްޓްރޭޝަންއާ ދެމެދު ވެފައިވާ، ޑިޖިޓަލް އިގްތިސާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން
  8. ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދު ވެފައިވާ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓާ ބެހޭ އެއްބަސްވުން
  9. އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް ރިފޯމް ކޮމިޝަނާ ދެމެދު ވެފައިވާ އިކޮނޮމިކް ޑިވެލޮޕްމަންޓް ޕޮލިސީގެ ދާއިރާއިން އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެއްބަސްވުން
  10. އެގްރިކަލްޗާ މިނިސްޓްރީއާއި ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއާ ދެމެދު ވެފައިވާ، ޓެކްނިކަލް ކޯޕަރޭޝަން އޮފް އެންޓްރީ އެންޑް އެގްޒިޓް އެނިމަލް އެންޑް ޕްލާންޓް ކަރަންޓީން އެމްއޯޔޫ
  11. އެގްރިކަލްޗާ މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާސްއާ ދެމެދު ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެފައިވާ އެއްބަސްވުން
  12. ޗައިނާ ސަރުކާރާއެކު ވެފައިވާ ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕްގެ އެކްޝަން ޕްލޭން (2024-2028)
  13. ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިލޭ އެހީގެ އެއްބަސްވުމެއް
  14. އެންވަޔަރަމަންޓް މިނިސްޓްރީއާއި ޗައިނާގެ ނެޝަނަލް ޑިވަލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާ ދެމެދު ވެފައިވާ، ކޯޕަރޭޝަން އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް އެމްއޯޔޫ
  15. އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއެކު ވެފައިވާ ފުށިދިއްގަރުފަޅު ތަރައްގީކުރުމާއި، ވީއައިއޭ ފުޅާކުރުމާއި، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިން ފެކްޓްރީތަކާއި މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ އެމްއޯޔޫ
  16. ފިޝަރީޒް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްއާ ދެމެދު ވެފައިވާ މެރިން ކޯޕަރޭޝަން ޓުވާޑް ބްލޫ ޕާޓްނާޝިޕް އެމްއޯޔޫ
  17. ޓޫރިޒަމް މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމްއާ ދެމެދު ވެފައިވާ އެއްބަސްވުން
  18. ލެޓާ އޮފް އެކްސްޗޭންޖް އޮން ކޮކޮނެޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް
  19. ލެޓާ އޮފް އެކްސްޗޭންޖް އޮން ފީސިބިލިޓީ ސްޓަޑީ އޮން ލެބޯޓްރީ އިކުއިޕްމަންޓް ފޯ ސެވެންޓީން ހެލްތް ފެސިލިޓީސް ޕްރޮޖެކްޓް
  20. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީއާ ދެމެދުވެފައިވާ ނިއުސް ކޯޕަރޭޝަން އެމްއޯޔޫ

ރައީސް ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ސަރުކާރުގެ ވަޒީރު ބޭފުޅުންނާއި އެ ނޫން ވެސް އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މަތީފަންތީގެ ބައްދަލުވުންތަކަށް، ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

comment ކޮމެންޓް