ފަހު ވަގުތު، އިންޓާއިން ވެރޯނާ ބަލިކޮށްފި

އިންޓާ މެޗުން މޮޅުވި ލަނޑު އެންމެ ފަހު ވަގުތު ޖަހައިދިން ފްރެޓޭސީ -- ފޮޓޯ/ ފްލޭޝްޕޮއިންޓް

އިޓާލިއަން ސެރީއާގައި ތާވަލުގެ އެއްވަނައިގައި އޮތް އިންޓާ މިލާނުން ވެރޯނާގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިންޓާގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގައިފާވަނީ އިންޓާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާ އޮވެގެންނެވެ. ދެވަނަ ހާފަށް ވެރޯނާއިން ނުކުތީ ފުރަތަމަ ހާފަށް ވުރެ ވަރުގަދަ ކޮށެވެ. މިގޮތުން މި ހާފްގައި ވެރޯނާއިން ވަނީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް އިންޓާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގައި ވެރޯނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައި ތޯމަސް ހެންރީ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާ އެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ.

މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި މި މެޗުން އެ ޓީމު މޮޅުވި ލަނޑު ޖަހައިދިނީ ޑޭވިޑް ފްރަޓޭސީއެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ވެރޯނާގެ ޑާކޯ ލަޒޮވިޗްއަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފައެވެ.

މި މޮޅާ އެކު އިންޓާ، ކުޅުނު 19 މެޗުން ލިބިފައިވާ 48 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓާްގެ ލީޑަކާ އެކުއެވެ. ދެވަނައިގައި އުޅޭ ޔުވެންޓާސްއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި، މެޗުން ބަލިވި ވެރޯނާ އުޅެނީ 14 ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ.

comment ކޮމެންޓް