އެޑްވަޓޯރިއަލް: މާލެ ސިޓީގެ މޭޔަރު ކަމަށް އާޒިމާ ޝަކޫރު ހޮވަންވީ ކީއްވެ؟

ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން ތިން ސަރުކާރެއްގައި ކުރައްވައިފައިވޒަ އާއިޝަތު އާޒިމާއަކީ ފާއިތުވި ދުވަސްތަކުގައި ދިވެހި ގައުމަށް އެންމެ މުހިންމު ވަގުތުތަކުގައި ގައުމުގެ ދިފާއުގައި ތެދުވެދިން ހިތްވަރުގަދަ ކަނބަލެކެވެ.

އާޒިމާ ހޮވަންވީ، ފުރުސަތަކަށް ބޭނުންވެ ނަމަވެސް ކުރިއަށްދާނެ ގޮތެއް ނެތިފައި ތިބި އެތައް އަންހެނެއްގެ އަތުގައި ހިފައިގެން މަގު ދައްކައި ކުރިއަށްދާންވީ ގޮތްތައް ހޯދައިދިން ނަމޫނާ ކަނބަލަކަށްވީމައެވެ.

އާޒިމާ ހޮވަންވީ ވޭތުވެދިޔަ ތަނުގައި ދެއްކި ހިތްވަރާއި، ކެރުންތެރިންކަމާއި ދިވެހި ގައުމަށް ޓަކައި ކޮށްދީފައިވާ މިންނެތް މަސައްކަތުން ދެން ވެސް ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަމެއް ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އާޒިމާއަށް އޮތުމުންނެވެ.

އާޒިމާގެ ފާހަގަކުރެވޭ ބައެއް ހިދުމަތްތައް:

  • ދިވެހިރާއްޖޭގެ މައިދޮރާށި ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް އަނބުރާ ހޯދައިދިނުމަށް އާޒިމާ ކުރެއްވީ ވަރުގަދަ ޖިހާދު ފާހަގަކޮށްލެވެއެވެ. އެތައް ފައިދާތަކެއް ރައްޔިތުންނަށް ވަމުންދިޔަ އެއާޕޯޓު ބޭރުގެ ބަޔަކަށް ދިނުމުން ރައްޔިތުންނަށް ގެއްލެމުންދިޔަ އެތައް މިލިއަން ރުފިޔާއެއް އަނބުރާ ދިވެހިންނށް ލިބެންފެށީ އާޒިމާގެ މިންނަތާއި މަސައްކަތުންނެވެ. މި ފަހުން ދިވެހިންގެ މަސްކަނޑުން ގެއްލުނުބައި އަނބުރާ ހޯދަން ވެސް އާޒިމާގެ ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަކަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެން ކޮންމެ ކަމަކުން ވެސް އެނގިގެންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެ ކަމަނާގެ ހިތުގައި އޮތް ލޯތްބެވެ.
  • އާޒިމާއަކީ ނިމިގެންދިޔަ ތިން ވެރިކަމެއްގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން ރާއްޖޭގެ ފުރަތަމަ އަންހެން އެޓާނީ ޖެނެރަލް ވެސް މެއެވެ. އެތައް ތަޖުރިބާއަކާއެކު މިއަދު މާލެ ސިޓީގެ މޭޔަރުކަމަށް އާޒިމާ ހޮވަންޖެހެނީ ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކާއި ގައުމާއި ރައްޔިތުންގެ ހާލަތު އާޒިމާއަށް ރަނގަޅަށް އެނގޭނެތީއެވެ.
  • އާޒިމާ ހޮވަންވީ ނިގާބުއަޅައި އަންހެނުންނަށް ކިޔެވުމާއި ވަޒީފާ އަދައިކުރުމުގެ ހައްގު ހޯދައިދިނުމަށް މީގެ ކުރިން ވެސް ކޮށްދީފައިވާ މަސައްކަތް ފެނިފައިވާތީއެވެ.
  • ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމުގައި އާޒިމާގެ ކެރުންތެރިކަމާއި ތަޖުރިބާއާއި މަސައްކަތުގެ އަޚްލާގަކީ މާލެ ސިޓީގެ މޭޔަރަކަށް ހޮވަން ޖެހޭ ސަބަބެވެ.
  • މިއަދު ވެސް މާދަމާ ވެސް އަދި ހާލަތު ތަންދިން އެންމެ ބޮޑަކަށް އާޒިމާ އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމެވެ. ސަރުކާރާ ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ފެހިފަހި މާދަމާއެއް ހޯދައިދިނުމަށް އާޒިމާ ހޮވަންޖެހެއެވެ.
comment ކޮމެންޓް