ނަތަންޔާހޫ މަޤާމުގައި ދެމިހުންނަން ބޭނުންވަނީ އިސްރާއީލުގެ އެންމެ 15 އިންސައްތަ މީހުން

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިމުމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުގައި ދެމިހުންނަން ބޭނުންވަނީ އިސްރާއީލުގެ އެންމެ 15 އިންސައްތަ މީހުން ކަމުގައި އަންގާރަ ދުވަހު އާންމުކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

ނަމަވެސް ފަލަސްތީނުގައި ހަނގުރާމަ ކުރުމަށް ނަތަންޔާހޫ ގެންގުޅޭ ސިޔާސަތަކީ ރަގަޅު ސިޔާސަތެއް ކަމަށް ގިނަ މީހުން ބުނެފައިވާ ކަމަށް އެ ދިރާސާއިން ދައްކައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކެނޑިނޭޅި ކުރަމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެން، އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ޙަމާސްއިން އިސްރާއީލަށް ދިން ޙަމަލާއެއްގައި އިސްރާއީލުގެ 1200 މީހުން މަރުވުމާ، ހަމާސްގެ ބެލުމުގެ ދަށަށް އިސްރާއީލު ބައެއް ރައްޔިތުން ގެންދިއުމާ ގުޅިގެން ހަމާސް ނައްތާލުމަށް އިސްރާއީލުން ވަނީ އަމާޒު ހިފާފައެވެ.

އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓް (އައިޑީއައި) އިން ކުރި ދިރާސާގައި ސުވާލު ކުރި މީހުންގެ ތެރެއިން 56 ޕަސެންޓް މީހުން ބުނީ ޙަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން އަނބުރާ ގެނައުމަށް އެންމެ ރަގަޅީ ހަނގުރާ،ަ ކުރުން ކަމުގައެވެ. ސައްވީސް އިންސައްތަ މީހުން ބުނީ ހަމާސްގެ ބެލުމުގެ ދަށުގައިތިބީ މީހުން މިނިވަންކުރުމުގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނު ގައިދީންވެސް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ހަނގުރާމައަށްފަހު ނަތަންޔާހޫ ބޮޑު ވަޒީރު ކަމުގައި ހުންނަން ބޭނުން ވަނީ އެންމެ 15 އިންސައްތަ މީހުން ކަމުގައި އެ ދިރާސާއިން ދައްކައެވެ. ނަތަންޔާހޫއާ ސިޔާސީ ގޮތުން ވާދަވެރި އަދި މިހާރުގެ ހަނގުރާމައިގެ ކެބިނެޓް ޕާޓްނަރު ސެންޓްރިސްޓް ބެނީ ގަންޓްޒް އަށް އިންޓަވިއު ކުރި މީހުންގެ 23 އިންސައްތަ މީހުންގެ ތާއީދު ވަނީ ލިބިފައެވެ.

ޑިސެމްބަރު 25-28 އާ ދެމެދު 746 މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ މި ދިރާސާ އަކީ 95 އިންސައްތަ އިތުބާރު ހުރި ދިރާސާއެއް ކަމަށް އައިޑީއައިއިން ބުނެއެވެ.

comment ކޮމެންޓް