އަލީ ޒާހިރު ފެލިދޫ ދާއިރާއަށް ކުރިމަތިލައްވަނީ

ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްކަން ކުރައްވާފައިވާ އަލީ ޒާހިރު-- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ. ފެލިދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަމުގެ މަގާމު ފުރުއްވާފައިވާ އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ އެކަން އިއުލާނުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެ ދާއިރާއަށް ވާދަކުރުމަށް ގަސްތުކުރައްވާ ކަމަށެވެ.

އަދި އޭނާ ވަނީ ދާއިރާގެ ރައްޔިތުންނާ ހެޔޮ އެދޭ ފަރާތްތަކުގެ އެއްބާރުލުމަށް ވެސް އެދިވަޑައިގެންފައެވެ.

އަލީ ޒާހިރު ވަނީ މީގެ ކުރިން އަދާލަތު ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

އެމްޑީޕީގެ ކުރީ ސަރުކާރުގައި ޗީފް އޮފް ސްޓާފްކަމުގެ މަގާމަށް އޭނާ އައްޔަނުކޮށްފައި ވަނީ ވެސް އޭރު ސަރުކާރާއެކު އަދާލަތު ޕާޓީ ކޯލިޝަންގައި އޮއްވައެވެ.

ފުވައްމުލަކަށް ނިސްބަތްވާ އަލީ ޒާހިރަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ލޯޔަރެއް ވެސްމެއެވެ.

comment ކޮމެންޓް