މަޑުނުކޮށް ދިޔަ ކާރަކުން 53 ފުޅި ބަނގުރާ، ދެ މީހަކު ހައްޔަރަށް

ފެނުނު ބަނގުރާފުޅިތައް-- ޕޮޓޯ/ޕޮލިސް

ހުޅުމާލޭގައި ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާ އެކު ބިދޭސީއަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެ ކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް އެކެއްގެ ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު 53 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނ 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައެވެ. އެ ބިދޭސީ މީހާއަށް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖެހިއިރު، ދިވެހި މީހާގެ ބަންދަށް ދީފައިވަނީ ތިން ދުވަހެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް