ދިރާގު މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނާއެކު ހިލޭ މައިފައި ޑިވައިސެއް ދެނީ

ދިރާގު މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނާއެކު ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި ---- ފޮޓޯ/ދިރާގު

ދިރާގުން ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޚިދުމަތާއެކު އާ އަހަރުގެ ދަތުރުތަކުގައާއި ހުރިހާ ތަނަކަށް ވެސް ޑޭޓާ ހިފައިގެން ދެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން މަތީ ކަނެކްޝަންތަކަަށް ނުވަތަ އާ މޮބައިލް ބްރޯޑްބޭންޑްގެ 749 ރުފިޔާގެ ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ލިބޭނެއެވެ.

ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ދިރާގުން ބުންޏެވެ.

މ ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސ،ް ޖައިޝާން ހަމީދު ވިދާޅުވީ މި ހާއްސަ ޕްރޮމޯޝަނާއެކު ޗުއްޓީގައި ދަތުރުކުރާ ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އިންޓަނެޓު ބޭނުންކޮށް، އާއިލާއާއި ވާހަކަދައްކައި ގުޅުން ބަދަހިކޮށްލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތައް، ކޮންމެ ވަގުތަކު ކޮންމެ ތާކަށް ދިޔަސ،ް މެދުކެނޑުމެއްނެތި ގުޅުވައިލަދިނުމަށް." ޖައިޝާން ވިދާޅުވިއެވެ.

މި ޓައިމް ލިމިޓެޑް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ.

ދިރާގުން ބުނީ މި ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްލުމަށާއި ދިރާގުގެ ޑޭޓާ ޕްލޭންތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށެވެ.

comment ކޮމެންޓް