ހަލުވި ދުވެލީގައި ބޭނުންވަރަކަށް އިންޓަނެޓް ބޭނުންކުރެވޭ "ލިމިޓްލެސް ބޫސްޓާސް" ދިރާގުން ތައާރަފުކޮށްފި

ދިރާގުން ވަނީ "ލިމިޓްލެސް ބޫސްޓާސް"ގެ ނަމުގައި ބޭނުންވަރަކަށް މޯބައިލް ޑޭޓާ ބޭނުންކުރެވޭ ބޫސްޓަރު ޕެކޭޖުތަކެއް ތައާރަފްކޮށްފައި --- ފޮޓޯ: ދިރާގު

ހަލުވި ސްޕީޑުގައި ބޭނުން ވަރަކަށް މޯބައިލް ޑޭޓާ ބޭނުންކުރެވޭ ބޫސްޓަރު ޕެކޭޖުތަކެއް ދިރާގުން މިއަދު ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، "ލިމިޓްލެސް ބޫސްޓާސް"ގެ ނަމުގައި ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް ތައާރަފުކުރި މި ޕެކޭޖުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ހަލުވި ސްޕީޑެއްގައި ބޭނުން ވަރަކަށް ޑޭޓާ ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ބޫސްޓަރު ޕެކޭޖުތަކުގެ ތެރޭ ހިމެނެނީ:

  • ލިމިޓްލެސް (އެއް ދުވަސް) - 100 ރުފިޔާ
  • ލިމިޓްލެސް (ތިން ދުވަސް) - 250 ރުފިޔާ
  • ލިމިޓްލެސް (ހަތް ދުވަސް) - 500 ރުފިޔާ
  • ލިމިޓްލެސް (15 ދުވަސް) - 999 ރުފިޔާ

މި ޕެކޭޖުތައް 343 އަކަށް އެސްއެމްއެސްއެއް ފޮނުވައިގެން، ނުވަތަ ދިރާގު މޯބައިލް އެޕްލިކޭޝަނަށް ދިއުމަށް ފަހު އިޚުތިޔާރުކުރަން ބޭނުންވާ ޕެކޭޖު ނެގޭނެ ކަމަށް ދިރާގުން ބުންޏެވެ.

"ލިމިޓްލެސް ބޫސްޓަރު" ޕެކޭޖުތަކުގެ އެހީގައި ސްޓްރީމްކުރުމަށާއި، ގޭމް ކުޅުމަށާއި، ކޮންމެ ތަނެއްގައި ހުރެގެން މަސައްކަތް ކުރުން ފަދަ ކަންކަން ކުރުމަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހަލުވި ދުވެލީގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން މުޅިން އަލަށް މާކެޓަށް ތައާރަފުކުރި މި ޚިދުމަތުގެ ސަބަބުން ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް