ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު: ނަޕޯލީއާއި ބާސާގެ ކުރިމަތިލުމެއް

2023-2024 ވަނަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައި -- ފޮޓޯ/ ދި ގާޑިއަން ނައިޖީރިއާ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ސްވިޓްޒަލަންޑްގެ ނިއޯންގައި ބާއްވައިފިއެވެ.

މި ފަހަރުގެ ގުރުއަތުލުމުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބައްދަލުކުރުމަށް ގުރުއަތުން ދިމާވެފައިވަނީ ޑެނިޝް ސުޕާލީގާގެ ޗެމްޕިއަން އެފްސީ ކޯޕެންހޭގަންއާއެވެ. ކޯޕެންހޭގަން މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފާވަނީ ސިޓީގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ އެއް ގްރޫޕެއްގައި ހިމެނި ދެވަނަ މަގާމު ހޯދައިގެންނެވެ. އަދި، ކޯޕެންހޭގަންއިން ވަނީ ޔުނައިޓެޑް ބަލި ވެސް ކޮށްފައެވެ. މި ކުރިމަތިލުމަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސިޓީން އުފާވަނެ ކުރިމަތިލުމެކެވެ. އެއީ، މި ވަގުތު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންދާ ޓީމުތަކުގެ ތެރެއިން އެންމެ ދަށުން ދަރަޖަ ކުރެވިފައިވާ ޓީމަކީ ކޯޕެންހޭގަންއެވެ. މި ދެޓީމު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު ދެ ފަހަރު އަމިއްލަ ދަނޑުގައި ސިޓީން ކާމިޔާބު ހޯދާފައިވާއިރު ކޯޕެންހޭގަންގެ ދަނޑުގައި ކުޅުނު ދެ ފަހަރު ވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

މިދިޔަ އަހަރު ފައިނަލްގައި ސިޓީއާއި ވާދަކުރި އިންޓާ މިލާން ދެވަނަ ބުރުގައި ވާދަކުރުމަށް ދިމާވެފައިވަނީ އެޓްލެޓިކޯ މެޑްރިޑާއެވެ. މި މެޗަކީ ދެ ޓީމަށް ވެސް ފަސޭހަ ކުރިމަތިލުމަކަށް ނުވާނެއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ވާދަކުރުމަށް ދިމާވެފައިވަނީ އާރްބީ ލެއިޕްޒިގާއެވެ. އެފްސީ ޕޯޓޯއާއި އާސެނަލް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ނަޕޯލީ ބައްދަލުކުރަނީ އެފްސީ ބާސެލޯނާއާއެވެ. ޕެރިސް ސެއިންޓް ޖާމެއިންއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާއިރު ޕީއެސްވީ އެއިންދްހޯވެން ބައްދަލުކުރަން ހަމަޖެހިފައިވަނީ ބޮރޫޝިއާ ޑޯޓްމުންޑާއެވެ. އަދި، ލާޒިއޯ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބަޔޭން މިޔުނިކާއެވެ.

މިމުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 13 އާއި 14 ވަނަ ދުވަހު އަދި 20 އާއި 21 ވަނަ ދުވަހުއެވެ. އަދި، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗު މަހުގެ ފަހަކާއި ހަވަނަ ދުވަހު އަދި 12 އާއި 13 ވަނަ ދުވަހުއެވެ.

ފަހު 16 ޓީމުގެ ގުރުއަތުލުން:

  • ޕޯޓޯ - އާސެނަލް
  • ނަޕޯލީ - ބާސެލޯނާ
  • ޕެރިސް ސެއިންޓް ޖާމެއިން - ރެއާލް ސޮސިއެޑާޑް
  • އިންޓާ މިލާން - އެޓްލެޓިކޯ މެޑްރިޑް
  • ޕީއެސްވީ އެއިންދްހޯވެން - ބޮރޫޝިއާ ޑޯޓްމުންޑް
  • ލާޒިއޯ - ބަޔޭން މިޔުނިކް
  • ކޯޕެންހޭގަން - މެންޗެސްޓާ ސިޓީ
  • އާރްބީ ލެއިޕްޒިގް - ރެއާލް މެޑްރިޑް
comment ކޮމެންޓް