ޔުކްރެއިންގެ 11 ސަރަޙައްދަކަށް 31 ޑްރޯން ޙަމަލާދީފި

ވައްޓައިލަފައިވާ ރަޝިއާގެ ޓޭންކެއް. ފޮޓޯ/ޖަޕާން ޓައިމްސް

ޔުކްރެއިންގެ 11 ސަރަޙައްދަކަށް ރަޝިއާއިން 31 ޑްރޯން ޙަމަލާދީފިއެވެ.

ނަމަވެސް ޔުކްރެއިނުންވަނީ 31 ޙަމަލާއިން 30 ޑްރޯން ޙަމަލާ ވައްޓައިލައިފައި ކަމަށް އެ ޤައުމުން ވައިގެ އަސްކަރިއްޔާއިން ބުނެއެވެ.

"މިއީ މި މަސް ފެށުނު ފަހުން ކިއެވްއަށް ވައިގެ މަގުން ދިން ހަ ވަނަ ހަމަލާ." އެ ސިޓީގެ އަސްކަރީ އިދާރާގެ އިސްވެރިޔާ ސެރްހީ ޕޮޕްކޯ ވިދާޅުވިއެވެ.

އިއްޔެރޭ ރަޝިއާއިން ޙަމަލާތައް ދީފައި ވަނީ ރަޝިއާގެ ތިން ސަރަޙައްދަކުން ކަމަށާއި، ޔުކްރެއިންގެ 11 ސަރަޙައްދަކަށް އަމާޒުކޮށްފައިވާއިރު، ޔުކެރެއިންގެ އުތުރާއި ދެކުނުވެސް ހިމެނޭ ކަމަށް އެ ޤައުމުގެ ވައިގެ އަސްކަރިއްޔާއިން ބުނެއެވެ.

ކިއެވްގެ މޭޔަރު ވިޓަލީ ކްލިޗްކޯ ވިދާޅުވީ ރަޝިއާގެ ޑްރޯންތައް ޔުކްރެއިން ސަރަޙައްދުން އުދުހެން ފެށުމާއެކު ޔުކްރެއިންގެ އެންޓި އެއާކްރާފްޓް ޔުނިޓްތައް ވަނީ ޙަރަކާތްތެރިވާން ފަށައިފައެވެ.

ރޭ މެންދަމު ޔުކުރެއިން ސަރަޙައްދުން ބާރުގަދަ އަޑުފައްގަނޑެއް އިވިފައިވާ ކަމަށާއި އެއްޗެހިތަކެއް ގޮވާ އަޑުކަހަލަ އަޑުތަކެއްވެސް އިވުނު ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޙަމަލާތަކާ ގުޅިގެން ޔުކްރެއިން ވަނީ ފަސް ވަރަށް ގަޑިއިރަށް އިމާޖެންސީ ޙާލަތަށް ގެނެސްފައެވެ.

ޔޫކްރެއިންގެ ސިޓީތަކަށާއި އެކި ސަރަޙައްދުތަކަށް ރަޝިޔާއިން ޑްރޯންތަކުން ދޭ ޙަމަލާތައް ވަނީ އިތުރުވެފައެވެ. ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ރަޝިއާގެ ޙަމަލާތައް އަމާޒުކުރަނީ އެ ޤައުމުގެ ކަރަންޓާއި ހަކަތައިގެ ޙިދުމަތްދޭ ތަންތަނަށެވެ. ޙިދުމަތްދޭ ތަންތަނަށެވެ. އެތަންތަނަށް ޙަމަލާތައް ދޭއިރު، ޔުކްރެއިންގައި ކުރިއަށް އޮތީ ފިނި މޫސުމުގެ ދުވަސްތަކެވެ.

comment ކޮމެންޓް