ޣައްޒާއިން މިހާތަނަށް 18،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޔަހޫދީ އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުވެފައިވާ ބައެއްގެ ހަށިތައް. ފޮޓޯ/އަލް އަހްރަމް އޮންލައިން

ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 18،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 49،200 އަށް އަރައިފައިވާއިރު، ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާގެ ސިއްހީ ނިޒާމު އެއްކޮށް ބަލިކަށިވެފައިވާއިރު، ޣައްޒާގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ސިއްޙީ ފަރުވާދޭ މީހުން ވެސް ވަނީ ޝަހީދުވެފައެވެ.

ހަމަލާތައް ދޭން ފެށި ފަހުން 50 އަށްވުރެ ގިނަ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ހުއްޓައިލަން ވަނީ މަޖުބޫރުވެފައެވެ. ހަމަލާތަކުގެ ސަބަބުންނާއި ތެޔޮ ނެތުމުން 100 އަށްވުރެ ގިނަ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށްވެސް ސިއްޙީ ވުޒާރާއިން ބުނެއެވެ.

ހަމައެއާއެކު ޣައްޒާގެ ހޮސްޕިޓަލްތަކަށް ބަލި މީހުން ބަލާނެ އިތުރު ހޮސްޕިޓަލްތައް ވެސް ބޭނުންވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެެއެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 1.9 މިލިއަން މީހުން ތިބިއިރު، އެއީ ޣައްޒާގެ 2.3 މިލިއަން އާބާދީގެ 80 އިންސައްތައެވެ.

comment ކޮމެންޓް