ވިލިނގިއްޔަށް 75 ފުޅި ބަނގުރާ އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. ވިލިނގިއްޔަށް 75 ބަނގުރާ ފުޅި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 37 އަހަރާއި 43 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ، އެ ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ލޯންޗަކާއި ކާރެއް ބަލައި ފާސްކުރިއިރު 75 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ލޯންޗަކާއި ކާރެއް ބަލައި ފާސްކުރިއިރު ފެނިފައިވާ ބަނގުރާ ފުޅިތައް -- ފޮޓޯ/ ފުލުހުން

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް