އިނގިރޭސިވިލާތަށް ސީދާ ދަތުރުތައް ފެށުން ފާހަގަކޮށްފި

އެ އިވެންޓްގެ ތެރެއިން ---

ވާޖިން އެޓްލާންޓިކް އެއާލައިނުން އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ލަންޑަން ހިއާތުރޯއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ އުފަލުގައި ސަން ސިޔާމް ރިސޯޓުތަކުގައި އިވެންޓެއް ބާއްވައިފިއެވެ.

ސަން ސިޔާމް ރިސޯޓްސްއާއި ވާޖިން އެޓްލާންޓިކު ގުޅިގެން އިންތިޒާމުކުރި މި އިވެންޓު ކުރިއަށް ދިޔައީ ސަން ސިޔާމް އިރުފުށި އަދި ސިޔާމް ވޯލްޑްގައެވެ. މި އިވެންޓްގައި ބައިވެރިވެފައިވަނީ، އިނގިރޭސިވިލާތުގެ 16 ޓްރެވަލް މީޑިއާއަކާއި އިނގިރޭސިވިލާތުގެ އިންފްލޫއެންސަރުންނެވެ.

މި އިވެންޓްގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ދިޔަ އިރު، އޭގެ ތެރޭގައި ރާއްޖޭގެ ސަގާފީ ވާހަކަ ކިޔައިދިނުމާއި، ސަން ސިޔާމް އިރުފުއްޓާއި ސިޔާމް ވޯލްޑްގައި ހުރި ތަފާތު ސިފަތައް ދައްކައިލުން ވެސް ކުރިއަށް ދިޔައެވެ. އަދި، ބައިވެރިން ކުޑަފަރީއަށް ވެސް ޒިޔާރަތްކުރިއެވެ.

އެ އިވެންޓްގެ ތެރެއިން---

މީގެ އިތުރުން، އެ ކުންފުނީގެ ޕްރޮގްރާމެއް ކަމަށްވާ "ސަން ސިޔާމް ކެއާ"އިން ފައިސާ ހޯދައިގެން ހިންގާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި އާ މިސްކިތާއި ސްކޫލެއް އެޅުމުގެ މަސައްކަތް ވެސް ދައްކައިލިއެވެ.

މި އިވެންޓުގެ ބައިވެރިންނަށް، ސިޔާމް ހޯސް ރެންޗާއި ސިޔާމް ވޯޓާ ވޯލްޑް ހިމެނޭ ގޮތަށް ރިސޯޓުގެ ތަފާތު ހިދުމަތްތަށް ތަޖުރިބާ ކޮށްލުމާއި، މެރިން ބަޔޮލޮޖިސްޓް މަރިޔަމް ތުހުފާއާ އެކު ރީފް ރިޖެނެރޭޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން، މުރަކަ ސާފުކުރުމާއި އަލުން އިންދުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

މި އިވެންޓު ނިންމައިލީ ރިސޯޓުގެ ޝައުގުވެރި މުނިފޫހިފިލުވުމުގެ ގްރޫޕުތަކުން ހުށަހެޅި ނެށުމުގެ ތެރެއިން ރާއްޖޭގެ ސަގާފީ ވާހަކަ ކިޔައިދިނުމާއި ސަގާފީ ޖާފަތަކުންނެވެ.

comment ކޮމެންޓް