ޝާހުގެ އެތައް ލައްކަ ސަޕޯޓަރުން އެއް ތަނަކަށް ޖަމާވަނީ

މި މަހުގެ 21ވަނަ ދުވަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ ފިލްމު "ދުންކީ" ބެލުމަށް ޝާހުގެ 1.5 ލައްކައަށް ވުރެ ގިނަ ސަޕޯޓަރުން އެއް ތަނަކަށް ޖަމާވުމަށް ނިންމާފައިވާކަމަށް ބޮލީވުޑް ހަންގާމާއިން ބުނެފިއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ޝާހުގެ ފޭން ކްލަބް އެސްއާރުކޭ ޔުނިވާސްގައި ރަޖިސްޓަކޮށްފައިވާ 1.5 ލައްކައަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ "ދުންކީ"ގެ ފުރަތަމަ ޝޯވް ބެލުމަށް އެއްތަނަކަށް ޖަމާވުމަށް ނިންމާފައެވެ.

ކޮވިޑް-19އިގެ ޕެންޑަމިކަށް ފަހު ޝާހްރުކް ވެފައިވަނީ އިންޑިއާގެ ސިނަމާ ހޯލްތަކަށް އެންމެ ގިނަ މީހުން ވެއްދުމުގައި ކުރި ހޯދި ހަމައެކަނި އެކްޓަރަށެވެ. ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ "ދުންކީ" ރިލީޒްކުރުމާ ދިމާކޮށް އެކްޓަރުގެ ފޭން ކްލަބްތަކުން އަންނަނީ އެ މީހުން ބޭނުންކުރާ ގްރޭންޑް ޕްލެޓްފޯމްތަކުގައި ވެސް މި ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ދުންކީ"ގެ 1000 ޝޯވް ހޯސްޓުކުރުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން 6000އަށް ވުރެ ގިނަ ޝޯވް ދައްކާނީ އިންޑިއާގައެވެ.

ފިލްމު 'ދުންކީ'ގެ މަންޒަރެއްގައި ބަތަލާ ތާޕްސީ އަދި ޝާހްރުކް ޚާން

މި އަހަރު މިހާތަނަށް ޝާހްރުކް ޚާންގެ ދެ ފިލްމެއް ރިލީޒް ކޮށްފައިވާއިރު، އެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހަށް ބޮޑު ގުޑުމެއް ގެނެސްދިން ދެ ފިލްމެވެ. އެއީ، ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ޕަތާން" އަދި ތަމަޅަ ޑައިރެކްޓަރުގެ ފިލްމު "ޖަވާން"އެވެ. މި ދެ ފިލްމަކީ ވެސް މިހާތަނަށް ޝާހްރުކް ޚާންގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ.

ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ދުންކީ"އަކީ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާ އެކު ޝާހު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. ޝާހުގެ އިތުރުން ބަތަލާ ތާޕްސީ ޕަންނޫ، ބޮމަން އިރާނީ، ވިކީ ކޯޝަލް އަދި ކުރީގެ އެކްޓަރު ދަރުމެންދްރަ މި ފިލްމުން ފެންނާނެއެވެ.

comment ކޮމެންޓް