ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޯލްޑު ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް

ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖއިން ހޯދައިފަ---

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއިން ހޯދައިފިއެވެ.

މި އެވާޑް ރާއްޖެއަށް ލިބުނީ ރޭ ދުބާއީގެ ބުޖުރު އަލް އެރެބް ހޮޓަލުގައި ބޭއްވި ޓޫރިޒަމް ދާއިރާއިން ދޭ ދުނިޔޭގެ އެންމެ މަގުބޫލު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެ އަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކޮށްދޭ އަމިއްލަ ފާރާތްތަކަށް ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑްތައް ލިބުނެވެ. މީގެ އިތުރުން އަލަށް ދޭން ފެށި ރިސްލިއަންސް އެވޯޑް ހާސިލްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.

ރޭގެ ހަފްލާގައި ވަނީ ދުނިޔޭގެ ލީޑިންގް ޓޫރިޒަމް ބޯޑުގެ އެވޯޑް ވިދިވިދިގެން ދެ ވަނަ ފަހަރަށް، މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކު ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބިފައެވެ. އަދި، އެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ ތޮއްޔިބު މުހައްމަދަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް ވެސް ވަނީ ލިބިފައެވެ.

ސްޕެޝަލް އެޗީވްމަންޓް އެވޯޑް ޑްއެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދަށް ---

ޓްރެވެލްސް އެވޯޑްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި، ޓޫރިޒަމް އިންޓަސްޓްރީ ތަކަށް ތަފާތު ގޮތްގޮތުން ހިދުމަތް ކުރައްވަމުން ގެންދާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ޓްރެވަލް ޕާސަނަލިޓީ އޮފް ދަ އިޔާ 2023 ގެ މަގާމް ލިބިލެއްވިއެވެ.

މި މަގާމް ހާސިލު ކުރެއްވުމަށްފަހު، ޑރ. މައުސޫމް، ޓެރެވަލް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ އެވޯޑް ޑެޑިކޭޓް ކުރަނީ ވެސް އެ ފަރާތްތަކަށް ކަމަށެވެ.

ޓެރެވެލް ޕާސްނަލިޓީ އޮފް ދި އިޔާ 2023 އެވޯޑާއި ޑރ. އަބްދުﷲ މައުސޫމް ހަވާލުވެ ވަޑަިގަންނަވަނީ --

މީގެ އިތުރުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސީޕްލޭން އޮޕަރޭޓާގެ އެވޯޑް ރާއްޖޭގެ، ޓީއެމްއޭއިން ރޭ ވަނީ ހާސިލްކޮށްފައެވެ.

ވޯލްޑު ޓުރެވެލް އެވޯޑަކީ 1993 އިން ފެށިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ. އޭގެ ތެރޭގައި ސަރަހައްދީ، އަދި ދުނިޔޭގެ ފެންވަރުގެ ކެޓެގަރީތަކަށް ހާއްސަ އެވޯޑުތައް ހިމެނެއެވެ.

comment ކޮމެންޓް