ގެއްލިގެން ހޯދަމުން ދިޔަ ވިޝާމާ މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދާ ވިޝާމާ -- ފޮޓޯ: ފުލުހުން

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ، ސ. ހިތަދޫއަށް ނިސްބަތްވާ އައިޝަތު ވިޝާމާ ފެނިއްޖެއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ފެނުނީ މިރޭ 22:30 މާލެއިންކަމަށެވެ. އަދި ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ހަމައެއާއެކު މިދިޔަ އާދިއްތަ ދުވަހު އާއިލާއަށް ގުޅައި ހާލު ރަނގަޅު ކަމަށް ބުނި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވިޝާމާ ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ފުލުހުން އެ މީހާ ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް