ހިތަދޫއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

ގެއްލިގެން ހޯދާ ވިޝާމާ -- ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ ހިތަދޫއިން އަންހެނަކު ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ގެއްލިގެން ހޯދަނީ ސ.ހިތަދޫ، ކަދުރުމާގޭ، އުމުރުން 39 އަހަރުގެ އައިޝަތު ވިޝާމާ ކަމަށެވެ.

އޭނާ އެންމެ ފަހުން އޭނާގެ ޚަބަރެއްވެފައިވަނީ، މިދިޔަ އާދިއްތަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ހަމަ އެ ދުވަހު އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ވަނީ ވިޝާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 3322111 އަށް ނުވަތަ 9791382އަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ފުލުހުން އެމީހާ ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް