މިއީ އެޕަލް އެއާޓެގެއް ގަންނަންވީ ވަގުތު

އެޕަލް އެއާޓެގްސް ބޭނުންކޮށްލަން ފަސޭހަ ޑިވައިސްއެއް ---

އެޕަލް އެއާޓެގުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

އެޕަލްގެ އެއާޓެގަކީ ޢާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންކުރާ ހުރިހާ ބާވަތެއްގެ އެއްޗެހި ފަސޭހައިން އެޓޭޗުކޮށް ޓްރެކް ކުރުމަށް އެހީތެރިވެދޭނެ ޑިވައިސްއެކެވެ. އެގޮތުން ތަޅުދަނޑި، ވޮލެޓް ނުވަތަ ޕާސް ގެއްލުމުގެ ފުރުސަތު އޮތަސް، ނުވަތަ ދަތުރުކުރާއިރު ލަގެޖު ކަމުގައި ވިޔަސް، އެއާޓެގްގެ ބޭނުންކުރުމަކީ ޓެކްނޮލޮޖީގެ މި ޒަމާނުގައި އެންމެ ފަސޭހަ އެއް ގޮތެވެ.

އޮންލައިން ސައިޓްތަކުންނާއި، މަޝްހޫރު ބޮޑެތި ވިޔަފާރިތަކުން ދަނީ ބޮޑު ޑިސްކައުންޓަކާ އެކު މި ދުވަސްކޮޅު އެއާޓެގު ވިއްކަމުންނެވެ.

އެމެޒޯން، ވޯލްމާޓް އަދި ޓާގެޓުން ވަނީ ސިންގަލް އެއާޓެގްސްގެ އަގު އެންމެ 23.99 ޑޮލަރަށް ދަށްކޮށްފައެވެ. އެއީ، ޢާއްމުކޮށް އެއާޓެގް ގަންނަން ލިބޭ އަގަށް ވުރެ ގާތްގަޑަކަށް ފަސް ޑޮލަރުގެ ހެޔޮ އަގެކެވެ. އަދި، އެއާޓެގްގެ ޕެކެއް ނަގާނަމަ އިތުރު ޑިސްކައުންޓް ލިބެއެވެ. އެގޮތުން ހަތަރު ޑިވައިސްގެ ޕެކެއް 79.99 ޑޮލަރަށް ލިބެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެއާޓެގްގެ އަގު ހެޔޮވެފައިވަނީ "ޕެކްޑް ތެންކްސްގިވިން" އާއި "ކްރިސްމަސް" ދަތުރުތަކަށް މި ދުވަސްވަރު ގިނަ ބަޔަކު ތައްޔާރުވަމުން ދާތީއެވެ.

އެޕަލްއިން ދާދި ފަހުން ވަނީ އެއާޓެގް ފަސް މީހުންނާ އެކު ޝެއާ ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ. އެހެންވީމާ ޢާއިލާ އެކުގައި ދަތުރުތަކަށް އަރާއިރު، ކޮންމެ މީހަކަށް ވަކިން ޓެގެއް ބޭނުން ނުކުރި ކަމުގައިވިޔަސް އެންމެ ޑިވައިސް އަކުން ވެސް އާއިލާ އެންމެންގެ ސާމާނުތައް ޓްރެކް ކޮށްލެވިދާނެއެވެ.

ޓެކްނޮލޮޖީގެ ތަފާތު އުފެއްދުންތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަކީ، ޤާބިލުކަން އިތުރުކުރުމާއި، ފުރުޞަތުތައް ފުޅާ ކުރުމާއި، ގޮންޖެހުންތަކަށް ޙައްލު ހޯދުމާއި، އިންސާނީ ޤާބިލްކަން ކުރިއެރުވުމަށް މުހިންމު ކަމެކެވެ.

comment ކޮމެންޓް